ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީ އިން 500 މިލިއަން ޑޮލަރުގެ ރިސޯޓެއް އިންޑޮނޭޝިޔާގަައި ހަދަން ނިންމައިފިކަމަށް ދެގައުމުގެ ސަރުކާރުންވެސް ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގެ ދަށުން ރިސޯޓު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ އިންޑޮނޭޝިޔާގެ ހުޅަނގުން އޮންނަ އަޗޭހް ޕްރޮވިންސް ސަރަހައްދުގައެވެ. ޔޫއޭއީއިން 500 މިލިއަން ޑޮލަރު އިންވެސްޓު ކޮށްގެން ތަރައްގީ ކުރަން ހަމަޖެހިފައިވާ މިރިސޯޓުގެ މަސައްކަތް މިއަހަރުގެ މެއި މަހު ފެށޭނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
500 މިލިއަން ޑޮލަރުގެ މިޕްރޮޖެކް ހިންގުމަށް އެއްބަސްވި ޔޫއޭއީގެ ކުންފުނި، މަރބަން އެނަރޖީ އަކީ ދިވެހި ރާއްޖެ އަދި ސީޝެލްސް ފަދަ ގައުމު ތަކުގައި ލަގްޒަރީ ރިސޯޓު ތަރައްގީ ކޮށްފައިވާ ކުންފުންޏެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަދި މިނޫންވެސް އިންޑޮނޭޝިޔާ ތަރައްގީ ކުރުމުގެ އެކި މަޝްރޫޢުތަކުގައި ޔޫއޭއީއާއެކު އެކި އެއްބަސްވުމުގައި އެގައުމުން ސޮއި ކޮށްފައިވާކަމަށްވެއެެވެ.
މިގޮތުން އިންޑޮނޭޝިޔާ ތަރައްގީ ކުރުމަށް އެކި މަޝްރޫޢުތައް ހިންގުމަށް، އިންޑޮނޭޝިޔާއާއި ޔޫއޭއީ އާއި ދެމެދު 22.9 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި މިދިޔަ އަހަރު ވަނީ ސޮއި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު