ކޯވިޑް-19 އާ ގުޅިގެން ވަޒީފާއަށް ބަދަލު އައުމުގެ 1832 ޝަކުވާ ޖޮބްޕޯޓަލް އަށް ހުށައަޅާފައިވާ ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.
އެ ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، މިހާތަނަށް ޖޮބް ސެންޓަރަށް 1832 މީހުން ޝަކުވާ ހުށާފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ޖޮބް ސެންޓަރުގައި ހުށަހަޅަންވީ ވަޒީފާއިން ވަކިކޮށްގެން އެކަނި ނޫންކަމަށާއި، ކޯވިޑް-19 އާ ގުޅިގެން ވަޒީފާއަށް ކޮންމެ ބަދަލެއް އަޔަސް އެކަން ހުށަހެޅޭނެ ކަމަށެވެ.
އަދި ރިލީފް ފަންޑުން ލޯނުއެހީ ދިނުމުގައި މުވައްޒިފުންގެ ވަޒީފާއަށް ގެންނަ ބަދަލުތަކަށް ރިޢާޔަތް ކުރާނެ ކަމަށާއި ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް އަމަލުކުރާ ފަރާތްތަކަށް ރިލީފް ފަންޑުން އެހީ ނުލިބޭނެ ކަމުގައި މަބްރޫކް ވިދާޅުވިއެވެ.
ކޯވިޑް-19 އާ ގުޅިގެން އިގްތިސާދަށް ކުރިމަތިވަމުންދާ ގެއްލުންތަކުގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލި އަދި މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ގިނަ ބަޔަކު ވަނީ ދިގު މުއްދަތަކަށް ޗުއްޓީއަށް ދާންވެސް ޖެހިފައެވެ.
އެހެންކަމުން އެފަދަ ކަންކަން ރިޕޯޓް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ޖޮބް ސެންޓަރެއް ވެސް ގާއިމް ކޮށްފައެވެ. މީގެ އިތުރުން އެ މިނިސްޓްރީން ވަނީ ޖޮބް ސެންޓަރުގައި ރިޕޯޓް ކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހޮޓްލައިނެއް ޤާއިމްކޮށްފައެވެ. މިގޮތުން އެފަދަ ފަރާތްތަކުން ހަފުތާގެ ހުކުރާއި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 13:00 އަށް، 1475 ނަމްބަރަށް ގުޅުއްވުމަށް އިކޮނަމިކް މިނިސްޓްރީން ވަނީ އެދިފައެވެ.
ކޯވިޑް-19 އާ ގުޅިގެން، ވަޒީފާ ގެއްލުނު މީހުންނާއި މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވާލާފައިވާ މީހުންނަށް ތިން މަސް ދުވަސް ވަންދެން މަހަކު 5،000 ރުފިޔާގެ އިނާޔަތެއް ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މީގެތެރޭގައި މުސާރައަށް ބަދަލު އައިސްފައިވާ ފަރާތްތައް ވެސް ހިމެނޭނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އިއުލާންކުރި 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ ޕެކޭޖްގެ ދަށުން އެހީ ދިނުމުގައި މުއައްޒަފުންގެ ވަޒީފާގެ ޙާލަތަށް ބަދަލު ގެނެސްފައިވާ ފަރާތްތައް ނުހިމެނޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު