ނިއުޒިލޭންޑުގެ އާބާދީގެ އެންމެންނަށްވާވަރަށް، ކޮވިޑުން ރައްކާތެރިވުމަށް ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން ގަންނަން ނިންމައިފި ކަމަށް އެގައުމުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.
ނިއުޒިލޭންޑާއި ފައިޒާ ކުންފުންޏާ ދެމެދު ފުރަތަމަ ވެވިފައިވާ އެއްބަސްވުމުގެ ދަށުން ވެކްސިނުގެ 1.5 މިލިއަން ޑޯޒު ގަތުމަށް ވަނީ ނިންމާފައެވެ. މި ވެކްސިނުން ނިއުޒިލޭންޑުގެ އާބާދީގެ 750،000 މީހުންނަށް ވެކްސިން ދެވޭނެ ކަމަށް ކުރިން ވަނީ ބުނެފައެވެ.
ނަމަވެސް ވެކްސިނުގެ އިތުރު 8.5 މިލިއަން ޑޯޒު ގަތުމަށް މިހާރު ސޮއި ކުރެވިފައިވާކަމަށް އެގައުމުގެ ބޮޑުވަޒީރު ޖަސިންސަ އަޑަރން މިއަދު ވަނީ ވިދާޅުވެފައެވެ.
"މިހާރު ފައިޒަރގެ ވެކްސިނުގެ ޖުމްލަ 10 މިލިއަން ޑޯޒު އޯޑަރު ކުރެވިފައިވާނެ. މިއިން ފަސް މިލިއަން މީހުންނަށް ވެކްސިނުގެ ދެޑޯޒު ފުރިހަމަ ކުރެވޭނެ." ނިއުޒިލޭންޑުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
ނިއުޒިލޭންޑުގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ މަހުއެވެ. ފައިޒަރ ކުންފުނިން ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިނަކީ 95 އިންސައްތަ ރައްކާތެރި ވެކްސިނެއްކަމުން ނިއުޒިލޭންޑުގައި ބޭނުންކުރަނީ ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން އެކަނި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިއަހަރު ނިމެންވާއިރަށް އެގައުމުގެ އާބާދީގެ އެންމެންނަށް ވެކްސިން ޖަހައި ނިންމޭނެކަމަށް ލަފާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު