ކޯވިޑް-19 އާ ގުޅިގެން ހުޅުމާލޭގައި ވަގުތީ ހިޔާތައް ހެދުމުގެ މަސައްކަތުގައި ޗައިނާއިން ޙަރަކާތްތެރިވާން ފަށައިފިއެވެ.
ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާން ލިއޮން މިއަދު ވިދާޅުވީ، 800 މީހުންގެ ޖާގައިގެ ވަގުތީ ހިޔާ އެޅުމުގެ މަސައްކަތުގައި ޗައިނާގެ ކުންފުނިތަކުން ޙަރަކާތްތެރިވާން ފަށައިފި ކަމަށެވެ.
މިއީ ދިވެހި ސަރުކާރުގެ އެދުމަށް އިޖާބަދިނުމަށް ކުރާ ކަމެއް ކަމަށާއި، މިގޮތުން މި މަސައްކަތުގައި ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަންގެ 100 މަސައްކަތްތެރިންނާއި، މަސައްކަތް ކުރުމަށް ބޭނުންކުރާ އާލާތްތައް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަން ފަށާފައިވާ ކަމަށް ޒާން ވިދާޅުވިއެވެ.
މީގެ އިތުރުން ސަފީރު ކުރެއްވި ޓްވީޓެއްގައި ވަނީ، ހުޅުމާލޭގައި 327 އެނދުގެ ކަރަންޓީން ފެސިލިޓީއެއް ހެދުމުގެ މަސައްކަތުގައި ޗައިނާގެ ބީޔޫސީޖީ ކުންފުނީގެ 40 މުވައްޒަފުން ޙަރަކާތްތެރި ވަމުންދާކަމަށް ވެސް ވިދާޅުވެފައެވެ.
ކޯވިޑް-19 އާ ގުޅިގެން ޙާލުގައި ޖެހޭ ފަރާތްތަކަށް ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއީ ކޯވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ކުރާ މަސައްކަތުގައި ޗައިނާ އިން މިހާ ފުޅާދާއިރާއެއްގައި ޙަރަކާތްތެރިވާން ފެށި ފުރަތަމަ ފަހަރެވެ. ޗައިނާ ސަފީރު މީގެ ކުރިންވެސް ވިދާޅުވެފައިވަނީ ދިވެހި ސަރުކާރުން އެދޭ ކޮންމެ ކަމެއްގައި ޗައިނާ އޮންނާނީ ސަރުކާރާ އެހީވާން ތައްޔާރަށް ކަމަށެވެ.
މިހާރު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 214އަށް އަރާފައެވެ. މިބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ ޖުމްލަ 17 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު