ޖޮބް ސެންޓަރަށް މައުލޫމާތު ހުށައެޅުމަށް ފޯމެއް ފުރަންޖެހޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ޤާއިމްކޮށްފައިވާ ޖޮބް ސެންޓަރަކީ ކޯވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލުމާއި ވަޒީފާގެ ހާލަތައް ބަދަލު އައިސްފައިވާ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް ސަރުކާރުން ޤާއިމްކުރި ޕޯޓަލްއެކެވެ.
މިނިސްޓްރީން ބުނީ ވަޒީފާގެ ހާލަތައް ބަދަލު އައިސްފައިވާ ގިނަ ފަރާތްތަކަކުން ރިޕޯޓް ކުރަމުން ދާކަމަށާއި، ނަމަވެސް އީފާސް އެކައުންޓް ހުޅުވުން ފަދަ ބައެއް ސަބަބުތަކާއެކު، މައްސަލަތައް ރިޕޯޓް ކުރުމުގައި ބައެއް ފަރާތްތަކަށް އިތުރު އެހީ ތެރިކަން ބޭނުންވާ ކަމަށް ފާހަގަ ކުރެވިފައި ވާކަމަށެވެ.
އެފަދަ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން، އިކޮނަމިކް މިނިސްޓްރީން މިހާރުވަނީ މައުލޫމާތު ހުށައަޅާ ފޯމެއް ތައާރަފް ކޮށްފައެވެ. އަދި ފޯމް މެދުވެރިކޮށް މައްސަލަ ހުށައަޅަން ބޭނުންވާ ފަރާތްތަކުން ފޯމް ފުރުމަށްފަހު ޖޮބް ސެންޓަރަށް މެއިލް ކުރުމަށް ވެސް އެފަރާތުން އެދިފައި ވެއެވެ.
މި ފޯމް އިކޮނޮމިކް މިނިސްޓްރީ ގެ ވެބްސައިޓް އަދި ޖޮބް ސެންޓަރުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން، ޖޮބް ސެންޓަރުގެ ހިދުމަތްތައް ހޯދަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން އެކަމަށް ހާއްސަ ކޯލް ސެންޓަރެއް ގާއިމް ކުރެވިފައި ވާނެ ކަމަށްވެސް މިިނިސްޓްރީން ބުނެއެވެ.
ސަރުކާރުން ވަނީ، ކޯވިޑް-19 އާ ގުޅިގެން ވަޒީފާގެ ޙާލަތަށް ބަލަދު އައިސްފައިވާ ފަރާތްތަކުގެ ތެރެއިން ޖޮބްޕޯޓަލްގައި ރަޖިސްޓްރީވާ ފަރާތްތަކަށް ތިން މަސްދުވަހަށް 5000 ރުފިޔާގެ ލޭއޮފް ބެނެފިޓެއް ދިނުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު