ފުލުހުން ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތުގައި
ފުލުހުން ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތުގައި
ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދިރިއުޅޭ ކުޑަކުދިންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް އެސްއޯ ފުލުހުން ކޮށްފިއެވެ.

ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، "އާކް މޯލްޑިވްސް" އިން ފިޔަވައްޗަށް ގެންދަން ނިންމާފައިވާ ކާބޯތަކެތި ފޯރުކޮށް ދިނުމުގައި އެސްއޯ ފުލުހުން ޙަރަކާތްތެރި ވެފައިވާ ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުން ކުރުމުން ޒަރޫރީ ބޭނުންތައް ފުއްދުމުގައި ކުރިމަތިވެފައިވާ ހުރަސްތަކެއް ހައްލު ހޯދަދި ދިނުމުގައި ރާއްޖޭގެ ދިފާޢީ ބާރުން ވަރަށް ފުޅާދާއިރާއެއްގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން މޭލެތެރޭގައި ޑެލިވަރީ ކޮށްދިނުމުގައި ވެސް ސިފައިންނާއި ފުލުހުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. ހުޅުމާލޭގައި ހުންނަ ފިޔަވައްޗަކީ ގިނަ އަދަދެއްގެ ކުޑަކުދިން ބަލަހައްޓާ ތަނެކެވެ.

ފިޔަވައްޗަކީ ކުރީގެ ޖެންޑާ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ހިންގަމުން އަންނަ "އާކް"ގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ތަނެކެވެ.

މާލެއިން ކޯވިޑް-19 ގެ ކޭސްއެއް ފުރަތަމަ ފެނުނީ މި މަހުގެ 15ވަނަ ދުވަހުއެވެ. އޭގެފަހުން އިއްޔެއާ ހަމައަށަ 214 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އިއްޔެ އެކަނިވެސް 50 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރޭގައި ކުޑަކުދިންނާއި، މާބަނޑު މީހަކާއި، އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން