ކޯވިޑް-19 އާ ގުޅިގެން ކަރަންޓީނަށް ދާން ދެކޮޅު ހެދި އޮސްޓްރިއާގެ މީހަކު ކަރަންޓީނު ކުރުމަށް ސިވިލް ކޯޓުން ރޭ އަމުރެއް ނެރެ އެމީހާ ކަރަންޓީން ކޮށްފިއެވެ.
ސިވިލް ކޯޓުން ބުނީ ރޭ މެންދަމުގެ ވަގުތެއްގައި އޮސްޓްރިއާގެ މީހަކު ކަރަންޓީން ފެސިލިޓީއެއްގައި ބަންދު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާ އަމުރެއް ނެރެފައިވާ ކަމަށެވެ.
މި ފަދަ އަމުރެއް މީގެ ކުރިން ވެސް ވަނީ ދެ ފަހަރެއްގެ މަތިން ނެރެ 3 މީހަކު ކަރަންޓީން ކޮށްފައެވެ. ނަމަވެސް ބިދޭސީއަކު ކަރަންޓީނު ފެސިލިޓީއަށް ގެންދަން ކޯޓުން އަމުރެއް ނެރުނު މިއީ ފުރަތަމަ ފަހަރެވެ.
ސިވިލް ކޯޓުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ގައި ކަރަންޓީނަށް ދާން ދެކޮޅު ހަދާމީހުން ފުލުހުންގެ ބެލުމުގެ ދަށުން ކަރަންޓީން ފެސިލިޓީތަކަށް ގެންދިއުމުގެ ހުއްދަ ދިނުމަށް އަމުރު ނެރެދޭން ނިންމާ އެކަން ހާމަކޮށްފައެވެ.
އަދި އެކަމަށް އެޗްޕީއޭއަށް އީމެއިލް މެދުވެރިކޮށް ކޯޓުގައި އެދެވޭނެ އިންތިޒާމްވެސް ސިވިލް ކޯޓުން ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު