ކޮވިޑުން ރައްކާތެރިވުމަށް ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިނުގެ ރައްކާތެރިކަން 97 އިންސައްތައާއި ހަމައަށް ޖެހިލައިފިކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.
މިގޮތުން އެކުންފުނިން ހާމަކޮށްފައިވާގޮތުގައި އެކުންފުނީގެ ވެކްސިނުން ކޮވިޑު ބަލީގައި އަލާމާތްތައް ފެނި، ހާލުބޮޑުވުމާއި، ފުރާނައަށް ގެއްލުންވުމުން ރައްކާތެރިވާމިންވަރު 97 އިންސައްތައަށް އަރާކަން ފަހުގެ ދިރާސާއިން ދައްކާފައިވާ ކަމަށެވެ. އަދި ބަލީގައި ބޮޑުވަރުނުވެ، އަލާމާތްތައް ނުފެންނަ ހާލަތުގައިވެސް މިވެކްސިނުގެ ޒަރިއްޔާއިން ބަލިން ރައްކާތެރިވާ މިންވަރު 94 އިންސައްތައަށް އަރާކަމަށް ފަހުގެ ދިރާސާއިން ދައްކާފައިވެއެވެ.
މިފަހުގެ ދިރާސާ ކޮށްފައިވަނީ ދުނިޔޭގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގައި ފައިޒަރގެ ވެކްސިން ބޭނުން ކުރާފަރާތަކުގެ ފަރާތުން ހޯދާ ޑާޓާތައް މެދުވެރިކޮށެވެ. މިގޮތުން މިޑާޓާތައް އެކުލަވާލާ، ފައިޒާކުންފުންޏަށް ފޯރުކޮށްދީފައިވަނީ އިޒްރޭލުގެ ހެލްތު މިނިސްޓްރީއިންކަމަށް ފައިޒަރ ކުންފުނިން ހާމަކޮށްފައިވެއެވެ.
އިޒްރޭލުން ލިބުނު ޑާޓާ ތަކުގެ މައްޗަށް ހެދުނު ދިރާސާގެ ނަތީޖާ އިން ދައްކާގޮތުންނަމަ، ފައިޒަރގެ ވެކްސިން މެދުވެރިކޮށް ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެއެވެ.
އަދި ހަމަ މިދިރާސާއިން ދައްކާގޮތުގައި، އިނގިރޭސިވިލާތުން ފެނުނު ނުރައްކާތެރި ކޮވިޑުގެ ވޭރިއަންޓުން ރައްކާތެރިވުމަށްވެސް މިވެކްސިން މަސައްކަތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު