ނިއުޒިލޭންޑުގެ ބޮޑުވަޒީރު ޖަސިންދަ އާޑަން.
ނިއުޒިލޭންޑުގެ ބޮޑުވަޒީރު ޖަސިންދަ އާޑަން.
ކޮވިޑުން ރައްކާތެރިވުމަށް ނިއުޒިލޭންޑުގައި އަޅާފައިވާ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތައް އުވާލައިފިއެވެ.

ނިއުޒިލޭންޑުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއްދިނުމަށްފަހު، މިފަހަކުން ފެނުނު ކޮވިޑް ކޭސްތަކަކާއި ގުޅިގެން، އެގައުމުގެ އެންމެ ބޮޑު ސިޓީ ލޮކްޑައުންކޮށް ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅު އެޅުނެވެ. ނިއުޒިލޭންޑުގެ އޮކްލޭންޑުގެ މިލޮކްޑައުން، މިމަހު ކުރީކޮޅު އުވާލިނަމަވެސް ބައެއް ހަރުކަށި ފިޔަވަޅުތައް ދެމިއޮތެވެ.

މިކަމާއި ބެހޭގޮތުން މިއަދު ވާހަކަ ދައްކަވަމުން، ނިއުޒިލޭންޑުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ، ކޮވިޑުން ރައްކާތެރިވުމަށް އޮކްލޭންޑުލޮކްޑައުންކޮށް، އަޅާފައިވާ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތައް އުވާލައިފިކަަމަށެވެ. މިއާއެކު ނިއުޒިލޭންޑުގެ އެހެން ސަރަހައްދުތަކެކޭ އެއްފަދައިން އޮކްލޭންޑުވެސް އޮންނާނީ ދެން އެލަރޓްލެވެލް އެކެއްގައިކަމަށް ބޮޑުވަޒީރު ޖަސިންދަ އާޑަން ވިދާޅުވިއެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެކިގައުމުތަކުން އެކި ފިޔަވަޅުތައް އަޅައިފަވާއިރު، ނިއުޒިލޭންޑް ވެގެންދިޔައީ ކޮވިޑު ބަލި ކޮންޓްރޯލް ކުރުމުގައި ނަމޫނާ ދެއްކި ގައުމަކަށެވެ. ނިއުޒިލޭންޑުން ކޮވިޑު ފެތުރެން ފަށައި، ލޮކްޑައުންކޮށް، ރައްކާތެރިކަމުގެ ހަރުކަަށި ފިޔަވަޅު އަޅާފައިވަނީ 2020 ވަނަ އަހަރު މާރޗް މަހުއެވެ. ލޮކްޑައުންގެ ތިންމަސްފަހުން، ކޮމިއުނިޓީ ސްޕްރެޑެއް ނޫޅޭކަމަަށް އެގައުމުގައި އިއުލާންކޮށްފައިވެއެވެ. މިއާއެކު މިދިޔަ އަހަރުގެ މެދެއްހާހިސާބުގައި ނިއުޒިލޭންޑުގައި ލޮކްޑައުން އުވާލުމަށްފަހު ބޮޑެތި ލުއިތަކެއް ދެވުނެވެ.

އޭގެ ހަމަސް ދުވަސްފަހުން ފެނުނު ކޮވިޑް ކޭސް ތަކަކާއި ގުޅިގެން ނިއުޒިލޭންޑް އެންމެފަހުން ލޮކްޑައުން އަކަށް ގޮސްފައިވަނީ މިއަހަރު ފެބްރުއަރީމަހުއެވެ. އަދި މިހާރުމިވަނީ ފަހުން ފެނުނު ކޭސްތަކުންވެސް ކޮމިއުނިޓީ ސްޕްރެޑްްއަކަށް ދިއުމުގެ ކުރިން ކޮންޓްރޯލް ކޮށް އަލުން ލުއިތައް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން