ތައިލެންޑުގައި ކޮވިޑުން ރައްކާތެރިވުމަށް ކުރިއަށްދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ތެރެއިން.
ތައިލެންޑުގައި ކޮވިޑުން ރައްކާތެރިވުމަށް ކުރިއަށްދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ތެރެއިން.
ތައިލެންޑުގައި ކޮވިޑުން ރައްކާތެރިވުމަށް ކުރިއަށްދާ ވެކްސިން ދިނުމުގެ ކެމްޕޭނުގައި އެސްޓްރާޒެނެކާގެ ވެކްސިން ދިނުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އެގައުމުން އެސްޓްރާޒެނެކާގެ ވެކްސިން ދިނުން ވަގުތީގޮތުން މެދުކަނޑާލިއިރު ޔޫރަޕުގެ ބައެއްގައުމުތަކުގައި ވަނީ އެސްޓްރާޒެނެކާގެ ވެކްސިން ދިނުން ހުއްޓާލައިފައެވެ. ވެކްސިން ދިނުން ހުއްޓާލައިފައިވަނީ ވެކްސިން ދިން ފަހުން ލޭގަނޑުވެގެން ރިޕޯޓުކުރެވުނު ކޭސްތަކަކާއި ގުޅިގެންނެވެ.

މިގޮތުން ޔޫރަޕުގެ ބައެއްގައުމުތަކުގައި އެސްޓްރާޒެނެކާގެ ވެކްސިން ދިނުން ހުއްޓާލައިފައިވުމާއިއެކު، ތައިލެންޑުގެ ވެކްސިން ދިނުމުގެ ކެމްޕޭނުގައިވެސް އެސްޓްރަޒެނެކާ ބޭނުން ނުކުރުމަށް ވަނީ ނިންމާފައެވެ. މިކަމާއި ގުޅޭގޮތުން ތައިލެންޑުގެ ހެލްތު މިނިސްޓްރީއިން ބުނެފައިވަނީ، އެހެން ގައުމުތަކާއި އަޅާބަލާއިރު ތައިލޭންޑުގައި ކޮވިޑުގެ ނުރައްކަލެއް ނެތްކަމަށާއި، މިހެން ކަމުން އެހެން ވެކްސިނެއް އެގައުމަށް ލިބެންދެން މަޑު ކުރުމަށް ވަގުތު އެބައޮތްކަމަށެވެ.

ވެކްސިން ދިން ފަހުން ލޭގަނޑުވެގެން ރިޕޯޓުކުރެވުނު ކޭސްތަކާއިއެކު ޔޫރަޕުގެ ބައެއްގައުމުތަކުގައި އެސްޓްރާޒެނެކާގެ ވެކްސިން ދިނުން ހުއްޓާލިނަމަވެސް، ޔޫރޮޕިއަން މެޑިސިން އޭޖެންސީއިން ބުނަނީ އެސްޓްރާޒެނެކާގެ ވެކްސިނާއި، ލޭގަނޑުވެގެން ރިޕޯޓުކުރެވުނު ކޭސްތަކާއި ގުޅުމެއް ނުވާކަމަށެވެ. އަދި މިވެކްސިނަކީ ބޭނުން ކުރަން ރައްކާތެރި ވެކްސިނެއް ކަމަށެވެ.

މިކަން ޔަގީން ކޮށްދެއްވައި އެސްޓްރަރޒެނެކާ ކުންފުނިންވެސް ބުނަނީ، މިވެކްސިނަކީ ތަހުލީލުތަކެއް ހެދި ރަނގަޅު ނަތީޖާއެއް ނެރެވިފައިވާ ވެކްސިނެއް ކަމަށެވެ.

ތައިލެންޑަށް އެސްޓްރަރޒެނެކާ ވެކްސިނުގެ 117،300 ޑޯޒުގެ އިތުރުން، ޗައިނާގެ ވެކްސިނުގެ 200،000 ޑޯޒުވެސް ލިބިފައިވެއެވެ.

ތައިލޭންޑުގައި ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަމަހު 28 ވަނަ ދުވަހުއެވެ. ތައިލޭންޑުގައި މިހާތަނަށް 30،000 މީހަކަށް ވަނީ ޗައިނާއިން އުފައްދާފައިވާ ވެކްސިން ޖަހާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން