މިހާރުވެސް ރާއްޖޭގެ 10 ރިސޯޓެއްގައި ފަތުރުވެރިން އެބަތިބި ކަމަށާއި، އެމީހުން އަނބުރާ ޤައުމަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާ އިން ބުނީ ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިންނާއި އެނބުރި ގައުމަށް ދިޔުމަށް ބޭނުންވާ ބިދޭސީ މަސައްކަތްތެރިން އެމީހުންގެ ގައުމަށް އަނބުރާ ދިޔުމަށް މިހިނގާ އެޕްރީލް މަހުގެ 29 އަދި 30 ގައި ދެ ފްލައިޓު އޮޕަރޭޓުކުރަން ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިންނާއި ބިދޭސީ މަސައްކަތްތެރިން އަދި އެހެނިހެން ފަސިންޖަރުން އެމީހުންގެ ގައުމަށް އަނބުރާ ގެންދިޔުމަށް ރަސިޔާ އެއާލައިންސްގެ ފްލައިޓެއް މިމަހުގެ 29 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ހަމަޖެހިފައިވާކަން އަލީ ވަހީދު ފާހަގަ ކުރެއްވިއެވެ. އަދި އެއާ ކައިރޯގެ ފްލައިޓެއް މިމަހުގެ 30 ވަނަ ދުވަހު ރާއްޖެއިން ފުރަން ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން މި ފްލައިޓްތަކުގައި ފުރަން ހަމަޖެހިފައިވާ މީހުންގެ ތެރެއިން ޓޫރިސްޓު ފެސިލިޓީތަކުގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން ފުރަން ދާއިރު ފަތުރުވެރިކަމާބެހޭ ވުޒާރާ އާއި ޚާރިޖީ ވުޒާރާ އަދި ފުލުހުންނާ ގުޅިގެން އެއާޕޯޓަށް ދިޔުމުގެ ކަންތައް ހަމަޖެއްސުމަށް މިނިސްޓްރީން އެދިފައި ވެއެވެ.
މި ފްލައިޓުން ދަތުރުކުރުމަށް ޓިކެޓު އޮތް ފަސިންޖަރުން ގޮވައިގެން އެއަރޕޯރޓަށް ދަތުރުކުރާ އުޅަނދުތަކަށް ފުލުހުން ހުއްދަ ދޭނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވެއެވެ. މިހާލަތުގައިވެސް އެއްވެސް ފަޅުވެރިއަކަށް އެއާޕޯޓަކަށް ނުފޭބޭނެއެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވާއިރު ރާއްޖޭގައި ތިބި ފަތުރުވެރިން ގެންދިޔުމަށް މީގެ ކުރިންވެސް ވަނީ ފްލައިޓުތައް ބާއްވައިފައެވެ.
އެގޮތުން ރާއްޖޭގައި ތިބި އިނގިރޭސިވިލާތުގެ ފަތުރުވެރިންނާއި މަސައްކަތްތެރިންގެ އިތުރުން އިޓަލީ، ތައިލެންޑް އަދި ފިލިޕީންސް އާއި އިންޑޮނޭޝިއާގެ ރައްޔިތުން ގެންދިއުމަށް ވެސް ހާއްސަ ރެސްކިޔު ފްލައިޓުތަކެއް މީގެ ކުރިން ވަނީ ބާއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު