ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިން ތަކުގެ ތެރެއިން އެސްޓްރަރޒެނެކާ ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.

އެސްޓްރަރޒެނެކާ ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަމަށް ޑަބްލިއުއެޗްއޯ އިން މީގެ ކުރިން ކަނޑައަޅާފައިވާއިރު، މިވެކްސިން ބޭނުން ކުރުމުން ލޭ ގަނޑުވާ ކަމަށް ނުވަތަ ބްލަޑް ކްލޮޓްވާ ކަމަށް ބުނެ ބައެއް ގައުމުތަކުގައި މިވެކްސިން ބޭނުންކުރުން ވަނީ ހުއްޓާލާފައެވެ. މީގެ ތެރޭގައި އިޔުރޮޕުގެ ބައެެއް ގައުމުތަކާއި، ތައިލެންޑުވެސް ހިމެނެއެވެ.

ނަމަވެސް ލޭ ގަނޑު ވުމާއި އެސްޓްރަރޒެނެކާ ވެކްސިނާއި ގުޅުމެއް ނެތްކަމަށާއި މިއީ ރައްކާތެރިވެކްސިނެއްކަމަށް ޑަބްލިއުއެޗްެއޯއިން ވަނީ ބުނެފައެވެ. މިހެން ކަމުން މިވެކްސިން ބޭނުންކުރުން ހުއްޓާލުމުގެ އެއްވެސް ސަބަބެއް ނެތް ކަމަށް ޑަބްލިއުއެޗްެއޯއިން ބުނެފައިވެއެވެ.

"އެސްޓްރަރޒެނެކާ ވެކްސިނަކީ ރައްކާތެރި ރަނގަޅު ވެކްސިނެއް. އަދި މިބަލިން ދިފާއުވާން ދެން ބޭނުން ކުރެވޭ ވެކްސިން ތަކަކީވެސް ރަނގަޅު ވެކްސިންތަކެއް. އެސްޓްރަރޒެނެކާ ވެކްސިން ބޭނުންކުރުން ހުއްޓާނުލައި ކުރިއަށް ގެންދަންވީ." ޑަބްލިއުއެޗްެއޯގެ ތަރުޖަމާނު މަރގަރެޓް ހެރިސް މީޑިޔާ އަށް މައުލޫމާތުދެއްވަމުން ވިދާޅުވިއެވެ.

މީގެއިތުރުން، ކޮވިޑު ބަލިން ރައްކާތެރިވުމަށް މިވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މިވަގުތު އޮތް އެންމެ ރަނގަޅު އެހީތެރިޔަކީ ވެކްސިން ކަމަށް ވުމުން ވެކްސިން ޖެހުން ހުއްޓާނުލުމަށް ޑަބްލިއުއެޗްެއޯއިން ދަނީ އިލްތިމާސްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން