މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ 5 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ކާނަލް ހުސެއިން އަލީ ވަނީ މީޑިއާތަކަށް އެކަން ކަށަވަރު ކޮށްދެއްވާފައެވެ.
ކަރަންޓީނުގައި ވެސް ސިފައިން އެބަތިބި ކަމަށާއި، ސިފައިން ފްރަންޓްލައިނަށް ނުކުތީ މިޙާލަތު މެދުވެރިވާނެކަން އެނގި ތިބެގެން ކަމުގައި އޭނާ ވިދާޅުވިއެވެ.
އޭރުވެސް ސިފައިން ތިބީ ތައްޔާރީ ހާލަތުގައި ކަމަށް ހުސައިން ޢަލީ ވިދާޅުވިއެވެ. މީގެ އިތުރުން ޔުނީފޯމް އެޅި ގިނަ ޢަދަދެއްގެ ސިފައިން ގެޔަށް ނުގޮސް މަސައްކަތުގައި އުޅޭތާ 3 ހަފުތާ ވެފައިވާ ކަމަށްވެސް ހުސެއިން ޢަލީ ވިދާޅުވިއެވެ.
ކާނަލް ވިދާޅުވީ ސިފައިންގެ ތެރެއިން ބަޔަކު ޕޮޒިޓިވްވެ، އިތުރު ސިފައިންތަކެއް އެކަހެރިކުރަން ޖެހޭނެ ހާލަތެއް އަތުވެދާނެ ކަމަށް ސިފައިންގެ ލީޑަޝިޕް އޮތީ ތައްޔާރުވެފައި ކަމަށެވެ. އެގޮތުން ސިފައިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެސްއޯޕީތައް އެކުލަވާލައި އަމަލު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ކޯވިޑް-19 އާ ގުޅިގެން އެކަހެރިކުރާ ސިފައިން ވެސް، ފުރިހަމަކުރަންޖެހޭ މުއްދަތު ފުރިހަމަ ކުރުމަށްފަހު އެނބުރި އައިސް ހިދުމަތާ ގުޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި މަސައްކަތުގައި ސާބިތުވެ ތިބޭނަން. އަޅުގަނޑުމެންގެ ތެރެއިން ޕޮޒިޓިވްވާ ފަރާތްތައް ކަމާބެހޭ ފަރާތްތަކުގެ އިންތިޒާމުގެ ތެރެއަށް ހަމަ ހުށަހެޅިގެން ދާނެ،" ކާނަލް ވިދާޅުވިއެވެ.
ހަމައެއާއެކު، ސިފައިންގެ މަރުކަޒުތައް ވެސް މިކަމަށް ތައްޔާރަށް އޮތް ކަމަށް ކާނަލް ހުސައިން ޢަލީ މިއަދު ވިދާޅުވިއެވެ.
ކޯވިޑް-19 އަށް ސިފައިންގެ މީހަކު ޕޮޒިޓިވްވެފައިިވާކަން އެންމެ ފުރަތަމަ ހާމަކުރީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ 41 މީހަކު ފެނިވައިވާ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު ވިދާޅުވީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.
އެގޮތުން ސިފައިންނާއި ފުލުހުންގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން ހިމެނޭ ގޮތުން 600 އަށްވުރެ ގިނަ މީހުން ގެއަށް ނުދެވޭގޮތަށް އެކަހެރިކޮށްފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ފިޔަވަޅުތައް އަޅަން ފެށީއްސުރެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން ފްރަންޓްލައިންގައި އެންމެ ގިނައިން ހަރަކާތްތެރިވާ އެއް ބަޔަކީ ސިފައިންނާއި ފުލުހުންނެވެ.

ކިޔުންތެރިންގެ ހިޔާލު