ކާނަލް ހުސެން އަލީ
ކާނަލް ހުސެން އަލީ
ރިސޯޓުތަކުގައި ތާށިވެފައިތިބި މުވައްޒަފުންނާއި، ކަރަންޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓީތަކުގައި 14 ދުވަސް ފުރިހަމަކޮށް، ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވާ ފަރާތްތައް އެމީހެއްގެ ރަށަށް ގެންގޮސް ދޭނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮަޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ކާނަލް ހުސެން އަލީ ވިދާޅުވީ، މިހާރު ނިންމާފައި އޮތީ، ފެސިލިޓީތަކުގައި 14 ދުވަސް ހަމަކޮށް، ޓެސްޓްގެ ނަތީޖާ ނެގެޓިވް ވާ ފަރާތްތައް، އެމީހެއްގެ ރަށަށް ގެންގޮސްދިނުމަށެވެ.

އެގޮތުން ހުސައިން އަލީ ވިދާޅުވީ، ދެކުނުގެ ރަށެއްގެ މީހަކު، އުތުރުގެ ރިސޯޓެއް ނުވަތަ ފެސިލިޓީއެއްގައި ކަރަންޓީނުގައި ހުރެ ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެމީހަކު އޭނާގެ ރަށާ ހަމައަށް ގެންގޮސް ދިނުމުގައި އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އަދި އެކަން ކުރުމަށްޓަކައި އެއްގަމާއި ކަނޑާއި، ވައިގެ ވަސީލަތްތައްވެސް ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު ވިދާޅުވީ، ލޮކްޑައުން ކުރުމުގެ ސަބަބުން ރިސޯޓުތަކުގައި ތާށިވެފައި ތިބި މުވައްޒަފުންނަށް އަނބުރާ ރަށަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މީގެ ކުރިން ފުރަބަންދުގައި ތިބި ރިސޯޓުތަކުގައި ތިބި ސްޓާފުންނަށް އަނބުރާ ރަށަށް ދިޔުމުގެ އިންތިޒާމުތައްވެސް ހަމަޖެއްސުމުގެ މަސައްކަތްވެސް އަޅުގަނޑުމެން މިދަނީ ކުރަމުން، އިރާދަކުރެއްވިއްޔާ ރިސޯޓުތަކުގެ މެނޭޖްމަންޓުތަކާއި ގުޅިގެން ރަށަށް ނުދެވި ތިބި ސްޓާފުންނަށް ރަށާ ހަމައަށް ދެވުނުކަން ކަށަވަރު ކުރަން މަސައްކަތްކޮށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާނެ ވާހަކަ ދަންނަވަން،" ޢަލީ ވަޙީދު ވިދާޅުވިއެވެ.

ކޯވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުންކޮށް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައި ވުމާއެކު، ރިސޯޓުތަކުގައި ތިބި މުވައްޒަފުންނަށް ވަނީ ރަށަށް ނުދެވި ރިސޯޓުގައި ތާށިވެފައެވެ. އަދި މާލޭގައިވެސް އަމިއްލަ ރަށަށް ނުދެވި ގިނަ ފަރާތްތަކެއް ތިބިކަން ވަނީ ފާހަގަ ކުރެވިފައެވެ.

ސަރުކާރުން ވަނީ މިފަދަ ފަރާތްތައް ފާހަގަކޮށް އެމީހުންނަށް ރަށްރަށަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުން ގެންދާކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


11

ށހަތަގ

29-Apr-2020

ގަޑި ކުރިން ރިސޯޓް އިން އައި މީހަކުވެސް އެބަހުރި މިހާރު ދިރިއުޅޭ ރަށަށް ނޭރިފަ އެހީއެއް ވެދެއްވާ އާދޭސްކޮށް މިބުނަނީ އެމް.އެން.ޑީ.އެފް


-10

ށހަތަގ

29-Apr-2020

ގަޑި ކުރިން ރިސޯޓް އިން އައި މީހަކުވެސް އެބަހުރި މިހާރު ދިރިއުޅޭ ރަށަށް ނޭރިފަ އެހީއެއް ވެދެއްވާ އާދޭސްކޮށް މިބުނަނީ އެމް.އެން.ޑީ.އެފް


20

ށހަތަގ

29-Apr-2020

ގަޑި ކުރިން ރިސޯޓް އިން އައި މީހަކުވެސް އެބަހުރި މިހާރު ދިރިއުޅޭ ރަށަށް ނޭރިފަ އެހީއެއް ވެދެއްވާ އާދޭސްކޮށް މިބުނަނީ އެމް.އެން.ޑީ.އެފް


-22

ީރިފާޢު

29-Apr-2020

ގުޅޭނެ ފޯނު ނަންބަރެއް ލިބޭނެ ގޮތެއް ނެތްބާ


0

ކިޔުންތެރި އެއް

28-Apr-2020

ކަރަންޓީން ހަމަ ކޮށް މާލެ ގެންދެވުނީ ކީވެތޯ... ދެންވެސް އަވަހަށް ގެނެސް ދެއްވާ😊


-1

ކުއްޖާ

28-Apr-2020

ރިސޯޓް އިން އައި މީހަކުވެސް އެބަހުރި މިހާރު ދިރިއުޅޭ ރަށަށް ނޭރިފަ އެހީއެއް ވެދެއްވާ އާދޭސްކޮށް މިބުނަނީ އެމް.އެން.ޑީ.އެފް


4

ާަެަްއަހުމަދު އަރީބް

28-Apr-2020

ޢަޅުގަނޑު ގެއް ސުވާލަކީ އަޅުގަނޑުމެން ރިސޯރޓް ކަރަނަޓީނ 14 ދުވަސް ހަމަކޮފަ މަލެ ފޮނުވާފަ ތިބި ކުދިން އަތް ކިހިނެއް ތޯ ތިބޭފުޅުން ނިނމަނީ މިވަގުތު މިތިބީ މާލެ ގަ ތާށިވެފައި އަޅުގަނޑު ގެ އެދުމަކީ އަޅުގަނޑު މެން ވީހާވެސް އވަހަން ރަށާ ހަމަޔަ ފޮނުވާދިނުންށު ޟުކުރީޔާ


15

ގދ ކުދާ

28-Apr-2020

ތިފެލަާނެ ކަމަކަލް ތެދެއި ނުހަދަނެޔާ



ޓްރެންޑިން