(ކ) ބިލީ އެއިލިޝް، ބިޔޯންސޭ އަދި (ވ) ޓޭލަރ ސްވިފްޓް.
(ކ) ބިލީ އެއިލިޝް، ބިޔޯންސޭ އަދި (ވ) ޓޭލަރ ސްވިފްޓް.
މިއަހަރަކީ ބިޔޯންސޭ، ބިލީ އެއިލިޝް އަދި ޓޭލަރ ސްވިފްޓް އަށް ކާމިޔާބު އަހަރަކަށް ވީއިރު، ގްރެމީ އެވަރޑްސް 2021 ގެ ގިނަ އެވަރޑް ތަކެއް މިތިން ތަރިން ވަނީ ހާސިލު ކޮށްފައެވެ.

ގްރެމީ އެވަރޑްސްގައި އަހަރުގެ އެންމެ މޮޅު ރެކޯޑު ގެ އެވަރޑް ބިލީ އަށް ލިބުނު އިރު، ޓޭލަރ އަދި ބިޔޯންސޭ ވަނީ މިއެވަރޑް ހަފްލާއިން ތާރީޙީ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން، ޓޭލަރ ސްފިޓްގެ ފޮލްކްލޯރ އަލްބަމަށް، އަހަރުގެ އެންމެ މޮޅު އަލްބަމްގެ އެވަރޑް ލިބުނު އިރު، ޓޭލަރ ސްވިފްޓް ވެގެންދިޔައީ މި އެވަރޑް ތިންވަަނަ ފަހަރަށް ހާސިލް ކުރި ފުރަތަމަ އަންހެން ލަވަ ކިޔުންތެރިޔާ އަށެވެ.

ގްރެމީ އެވަރޑްސްގައި ބިޔޯންސޭއަށް ލިބުނު ގިނަ އެވަރޑް ތަކާއެކު، މިހަފްލާގައި އެންމެ ގިނަ އެވަރޑް ލިބުނު ލަވަކިޔުންތެރިއަކަށް ބިޔޯންސޭ ވަނީ ވެގެން ގޮސްފައެވެ. މިގޮތުން ބިޔޯންސޭއަށް 28 އެވަރޑް މިއަަހަރުގެ ގްރެމީ އެވަރޑްސްގައި ލިބިފައިވެެއެވެ. މީގެ އިތުރުން، ބިޔޯންސޭގެ 'ބްރައުން ސްކިން ގަރލް' ގެ ލަވައަށް އެންމެ މަގުބޫލު މިޔުޒިކް ވީޑިޔޯގެ އެވަރޑް ލިބުނުއިރު، މިލަވައިގައި ބިޔޯންސޭގެ 9 އަހަރުގެ ދަރިފުޅު ބްލޫ އައިވީގެ ބައިވެރިވުމާއެކު، ބްލޫ އައިވީ ވެގެން ދިޔައީ ގްރެމީ އެވަރޑްއެއް ލިބުނު ދެވަނަ ކުޑަ ކުއްޖާއަށެވެ.

ގްރެމީ އެވަރޑެއް ފުރަތަމަ ކުޑަ ކުއްޖަކު ހާސިލް ކޮށްފައިވަނީ 2002 ވަނަ އަހަރުއެވެ.

ބިޔޯންސޭ، ބިލީ އެއިލިޝް އަދި ޓޭލަރ ސްވިފްޓްގެ އިތުރުންވެސް ގިނަ ފަންނާނުންތަކަކަށް މިހަފްލާގައި އެވަރޑް ލިބިފައިވެއެވެ. މީގެ ތެރޭގައި، ޑުއާލިޕާ، ލޭޑީ ގާގާ، އާރިއާނާ ގްރާންޑޭ، ޖޯން ލެޖެންޑް، އަދި ހެރީ ސްޓައިލްސް ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ ގްރެމީ އެވަރޑްސް ބާއްވާފައިވަނީ އާދިއްތަ ދުވަހުއެވެ. މިޝޯވް ހުޝައަޅައިދީފައިވަނީ، ދަ ޑެއިލީ ޝޯވް ހުޝައަޅައިދޭ ޓްރޭވަރ ނޯހް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން