ކޯވިޑް-19 އާ ގުޅިގެން ކަރަންޓީން ކޮށްފައިވާ މީހުންގެ ތެރެއިން 40 މީހަކު މިއަދު ކަރަންޓީން ފެސިލިޓީތަކުން ދޫކޮށްލާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ޢަޒީޒް ވަނީ މިއަދު ކަރަންޓީން ފެސިލިޓީތަކުން 40 މީހުން ދޫކޮށްލާފައިވާކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ މިހާތަނަށް ކަރަންޓީން ފެސިލިޓީތަކުގައި މީހުން ބޭތިއްބުމުގެ ކަންކަމަށް ޖުމުލަ 22 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި މިހާރު ޤާއިމްކުރަމުންދާ ފެސިލިޓީތަކަށް ހޯދަމުންދާ ސިއްޙީ ސާމާނުތަކާ ގުޅޭގޮތުން މިރޭ މަބްރޫކް ވިދާޅުވީ، އެ ތަކެއްޗަކީ ކޯވިޑް ގެ މަސައްކަތް ނިމުމުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީ ކުރާ ހޮސްޕިޓަލްތަކުގައި ބޭނުންކުރުމަށް ފޮނުވޭނެ ތަކެތި ކަމަށެވެ.
މީގެ އިތުރުން މިއަދު މިހާތަނަށް 88 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު، ކާބޯތަކެތި ބޭނުންވި 203 މީހަކަށް އެތަކެތި މިއަދު ފޯރުކޮށްދީފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ރަށްރަށާއި، ފިހާރަތަކަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމުގައި އެސްޓީއޯއިން ހަރަކާތްތެރިވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިދިޔަ 24 ގަޑިއިރު 185 މީހަކު އެކި ފްލޫ ކްލިނިކް ތަކުން ފަރުވާ ހޯދައިފައިވާއިރު، 6343 ސާމްޕަލް ވަނީ ނަގާފައެވެ. ނަތީޖާ ނުލިބޭ ސާމްޕަލްގެ ޢަދަދު އުޅެނީ 129 ގައެވެ. މިވަގުތު 207 މީހަކަށް ފަރުވާދެމުން އަންނައިރު، ކޮންޓެކްޓް ޓްެރޭސިންގެ ތެރެއިން 3044 މީހަކު ފާހަގަ ކުރެވިފައިވަ ކަމަށް އެޗްޕީއޭއިން މިރޭ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު