މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ މަޤާމުގައި ހުންނެވި އަސްއަދު އަލީ (އަޑުބަރޭ) ކްލަބް އީގަލްސް ޓީމް ލިސްޓުގައި ހިމަނައިފިއެވެ.

އުމުރުން 34 އަހަރުގެ ތަޖުރިބާކާރު މިޑްފީލްޑަރ އަސްއަދު އަލީ އީގަލްސްއާ ގުޅިފައިވާއިރު، އެ ކްލަބަކީ މިއަހަރުގެ އޭއެފްސީ ކަޕުގައި އަލަށް ވާދަކުރާ ކުލަބެކެވެ. އަދި އޭނާ މިހާރު ވަނީ އީގަލްސްގެ ފަރިތަކުރުންތަކުގައިވެސް ބައިވެރިވާން ފަށާފައެވެ.

އައްސަދު އެންމެފަހުން ދަނޑުމަތިން ފެނިގެންދިޔައީ 2018 ވަނަ އަހަރު ކުލަބް ގްރީންސްޓްރީޓްސްއިންނެވެ.

ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އެއްވަނަ ޑިވިޝަންގެ ފުޓްބޯޅަ ކްލަބަކާއި ގުޅިފައިވާއިރު، މިއީ ސިޔާސީ އިސް މަޤާމެއް ފުރުއްވާ ބޭފުޅަކު ޕްރޮފެޝަނަލް ލެވަލްއެއްގައި ފުޓްބޯޅަ ކުޅުމުގައި ހަރަކާތްތެރިވާ ފުރަތަމަފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން