ޑރ. އިަފްޒަލް
ޑރ. އިަފްޒަލް
ގަލްފް ފުޑް އެކްސްޕޯގައި ބައިވެރިވި މީހުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިބި މީހުން އެކަން އެންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެދިއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ކޯވިޑް-19 ޓާސްކް ފޯހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ 16 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ދުބާއީގައި އޮތް ގަލްފް ފުޑް އެކްސްޕޯއަށް ދިޔަ މީހުންގެ ތެރެއިން ރާއްޖެއަށް އައި މީހުންގެ މައުލޫމާތު އެއްކުރަން ބޭނުންވާ ކަމަށެވެ.

ޑރ. ވިދާޅުވި ގޮތުގައި އެކަން ކުރައްވަމުން ގެންދަވަނީ މިވަގުތު ހުރި ކޭސްތަކާއި ގުޅިގެން ނޫންނަމަވެސް މިކަމުގައި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ބެލުމަށް ބޭނުންވާތީ އެ މުއްދަތުގައި ގަލްފް ފުޑް އެކްސްޕޯގައި ބައިވެރިވި މީހުން އެނގެން ބޭނުންވާކަމަށެވެ.

މިކަމާބެހޭ އިތުރު ތަފްސީލު ދެއްވަމުން ޑރ. އަފްޒަލް ވަނީ ގަލްފް އެކްސްޕޯއަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ބަލީގެ އަލާމާތްތައް ދިގުލާ ފެންނަކަން ފާހަގަކުރައްވާފައެވެ. އަދި އަލާމަތްތައް ފެނުން ހުއްޓިފައި އަލުން އަލާމަތްތައް ފެނުން ފަދަ، އާންމުކޮށް ކޯވިޑް-19 ގައި ނުފެންނަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

"ތަފާތު ގޮތަކަށް ފެންނާތީ އަޅުގަނޑުމެން ބޭނުންވަނީ މިގޮތަށް އިތުރު ބަޔަކު ތިބިތޯ. ނޫނިއްޔާ މިއީ އައިސޮލޭޓްކޮށް ދެ ކޭހަކުން ތިން ކޭހަކުން ފެނިފައިވާ ގޮތްތޯ. ނޫނިއްޔާ ވަކިން މިތަނަށް ދިޔަ މީހުންގެ ކިބައިގައި ހުރި ކަމެއްތޯ މިއީ ބަލާލަން." ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެހެންކަމުން އެކްސްޕޯ އަށް ދިޔަ މީހުން 1676 އަށް ގުޅައިގެން އެކަން ރިޕޯޓްކުރުމަށް ޑރ. އަފްޒަލް އެދިވަޑައިގަތެވެ. ޑރ. އިތުރަށް ވިދާޅުވީ މި މީހުން ހޯދަމުން އަންނަނީ އެމީހުންގެ ހިސްޓްރީ އެނގުމަށްޓަކައެވެ.

ޑރ. އަފްޒަލް ވިދާޅުވީ ބަލި ކޮންޓްރޯލް ކުރެވޭނެ އިރެއް ބުނަން ދަތި ކަމަށާއި، ރެންޑަމް ސާމްޕަލްތައް ނެގެނީ ވެސް މިކަމުގަ އިތުރަށް މައުލޫމާތު ނެގުމަށްކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު އުޅެނީ 226 ގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން