އެމެރިކާގެ ކުރީގެ ރައީސް، ޑޮނަލްޑް ޓްރަމްޕް.
އެމެރިކާގެ ކުރީގެ ރައީސް، ޑޮނަލްޑް ޓްރަމްޕް.
އެމެރިކާގެ ކުރީގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް އޭނާ ގޮވާލައްވައިފިއެވެ.

ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި، ވެކްސިނަކީ ރައްކާތެރި އަދި ބަލިން ރައްކާތެރި ވުމަށް އެހީތެރިވެދޭ އެއްޗެއްކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި ޓްރަމްޕަށް ވޯޓު ލީ ގިނަ މީހުންގެ ތެރެއިން ވެކްސިން ޖަހަން ދެކޮޅު ހަދާ ފަރާތްތައް ވެކްސިން ޖެހުމަށް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ.

އެމެރިކާގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފެށީ ޓްރަމްޕްގެ ރިޔާސަތުގައިނަމަވެސް، 2020 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ޓްރަމްޕް ބަލިވެވަޑައިގެންނެވުމާއިއެކު، ޓްރަމްޕަށް ސަޕޯޓުކުރާ ގިނަބަޔަކު ދަނީ ވެކްސިން ޖެހުމާއި ދެކޮޅު ހަދަމުންނެވެ.

މީގެ އަސްލަކަމަށް ބެލެވެނީ، ވެރިކަމުގައި ހުންނެވިއިރު، ކޮވިޑް ޖެހިވަޑައިގަތުމުންވެސް، މިބައްޔަކީ އާދައިގެ ބައްޔެއް ކަމަށް ވިދާޅުވެ، މިބަލިން ރައްކާތެރިވުމަށް ކަނޑައެޅިފައިވާ ފިޔަވަޅުތަކަށް ޓްރަމްޕްވެސް އަމަލު ނުކުރެއްވުމާ ގުޅިގެންނެވެ. މިދިޔަ އަހަރު، ޓްރަމްޕަށް ކޮވިޑް ޖެހިވަޑައިގެން އެމެރިކާގެ އަސްކަރީ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު، އަނބިކަބަލުން މެލާނިޔާ ވެސް ކޮވިޑަށް ޕޮޒިޓިވްވެ، ވައިޓްހައުސްގައި އެކަހެރިވެ ހުންނެވިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެއިތުރުން، ޓްރަމްޕް އަދި މެލާނިޔާ ވަނީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު، އާރައީސަކު ހުވާކުރެވެން ވާއިރަށް ވައިޓްހައުސްގައި ސިއްރިއްޔާތުގައި ވެކްސިން ޖައްސަވާފައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން