ބަޙްރައިންގެ ޕްރިންސް، މުހައްމަދު ހަމަދް މުހައްމަދު ޚަލީފާ.
ބަޙްރައިންގެ ޕްރިންސް، މުހައްމަދު ހަމަދް މުހައްމަދު ޚަލީފާ.
ބަޙްރައިންގެ ޕްރިންސަކު، އެއްވެސް ހުއްދައެއްނެތި ނޭޕާލަށް އެސްޓަރަރޒެނެކާގެ ކޮވިޑް ވެކްސިން އެތެރެކޮށްފިއެވެ.

މިގޮތުން ބަޙްރައިންގެ ޕްރިންސް، މުހައްމަދު ހަމަދް މުހައްމަދު ޚަލީފާ، މިދިޔަ ހޯމަ ދުވަހު ނޭޕަލަށް އެތެރެވީ އެސްޓަރަރޒެނެކާގެ ކޮވިޑް ވެކްސިނުގެ 2000 ޑޯޒު ވެކްސިން ހިއްޕަވައިގެން ކަމަށްވެއެވެ. އަދި ނޭޕާލަށް ބޭހުގެ ނުވަތަ ވެކްސިނުގެ އެއްވެސް ބާވަތެއް އެތެރެކުރުމަށް ހުއްދައެއް ބޭނުން ވާއިރު، ބަޙްރައިންގެ ޕްރިންސް އަތްޕުޅުގައި ނޭޕާލަށް ވެކްސިން އެތެރެ ކުރުމުގެ އެއްވެސް ހުއްދައެއް ނެތްކަމަށްވެއެވެ.

މިކަމާއި ބެހޭގޮތުން ނޭޕާލްގައި ހުންނަ ބަޙްރައިންގެ އެމްބަސީ އަދި، ބަޙްރައިން ޕްރިންސްގެ ދަތުރު ރާވާ ހިންގާ ސެވެން ސަމިޓް އޭޖެންސީ އިން ބުނެފައިވަނީ، ޕްރިންސް ގެނައި 2000 ޑޯޒު ވެކްސިނަކީ ނޭޕާލުގެ ގޯރްޚާ ސަރަހައްދުގައި ދިރިއުޅޭ ފަގީރު އާއިލާތަކަށް ހަދިޔާ ކުރުމަށް ގެނައި ވެކްސިން ކަމަށެވެ. މިގޮތުން ޕްރިންސް ފުރަތަމަ ނޭޕަލަށް ވަޑައިގެން ހަތް ދުވަހު ކަރަންޓީނުގައި ހުންނެވުމަށްފަހު، ނޭޕާލުގެ ގޯރްޚާ ސަރަހައްދުގައި ދިރިއުޅޭ ފަގީރު އާއިލާތަކަށް ވެކްސިން ހަދިޔާ ކުރައްވަން ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށާއި، އެއަށްފަހު ޕްރިންސްް ވަޑައިގަންނަވާނީ މައުންޓް އެވަރެސްޓް ފަރުބަދަ ސަރަހައްދަށް ކަމަށްވެސް ޕްރިންސްގެ ދަތުރު ރާވާ ހިންގާ ފަރާތުން ބުނެފައި ވެއެވެ.

ނަމަވެސް ހުއްދަނެތި ނޭޕާލަށް ވެކްސިން އެތެރެކޮށްފައިވާތީ، ނޭޕާލުގެ ސިއްހީ ވުޒާރާތަކުން މިކަން ތަހުގީގު ކުރަމުންދާކަމަަށް ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން