ކޮވިޑުން ރައްކާތެރިވުމަށް މޮޑަރނާ ކުންފުނިން ރައްޔާރުކޮށްފައިވާ ވެކްސިން، ކުޑަކުދިންނަށް ޖަހައި ޓެސްޓު ކުރަން ފަށައިފިއެވެ.

އެކުންފުނީގެ މިތަހުލީލުތަކުގައި 6 މަހާއި 11 އަހަރާއި ދެމެދުގެ ކުދިން ބޭނުން ކުރެވޭނެ ކަމަށްވެއެވެ. އެމެރިކާ އަދި ކެނެޑާގައި ކުރިއަށްދާނެ މިތަހުލީލުތަކުގައި 6،750 ކުޑަކުދިން ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިފަދަ ތަހުލީލެއް ކުރެވެނީ، ބޮޑެތި މީހުންނާއި ދުވަސްވީ މީހުންނެކޭ އެއްފަދައިން ކުޑަކުދިންނަށްވެސް ކޮވިޑް ބަލި ޖެހި އަދި، ކޮވިޑު ބަލީގެ ނުރައްކާތެރިކަން އިތުރުވަމުންދާތީ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. މިގޮތުން، މިހާތަނަށް ކޮވިޑުން ރައްކާތެރިވުމަށް ކުޑަކުދިންނަށް ހާއްސަކޮށް ބޭހެއް ނުވަތަ ވެކްސިނެއްވެސް ނެތުމުން، މިތަހުލީލުތަކުން ގިނަ މައުލޫމާތުތަކެއް އެއްކުރެވި، މިބަލިން ކުޑަކުދިން ރައްކާތެރިކުރަން ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ އުންމީދު އެބައޮތްކަމަށް މޮޑަރނާ ކުންފުނިން ހާމަކޮށްފައިވެއެވެ.

މޮޑަރނާގެ އިތުރުން، ފައިޒަރ، އެސްޓްރަރޒެނެކާ އަދި ޖޮންސަން އެންޑް ޖޮންސަން ކުންފުނިން ވެސް ވަނީ ކުޑަކުދިން ބޭނުންކޮށްގެން ކޮވިޑް ވެކްސިން ތަހުލީލުތައް ފެށުމަށް ކުރިން އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން