ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިތުރު 6 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސް ވަގުތީ ގޮތުން އަރާފޭބުން މަނާކޮށްފިއެވެ.
މުޅިން އަލަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކ.މާފުށި، ށ.ގޮއިދޫ، ބ.ކެންދޫ އަދި ށ.ޅައިމަގުގެ އިތުރުން ހދ. ހިރިމަރަދޫ އާއި ހަމަ އެއަތޮޅު ކުމުންދޫއެވެ.
މިރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ޞިއްޙީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައެވެ. މިރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދުއެވެ.
ކޯވިޑް-19 އާ ގުޅިގެން އިތުރު 6 ރަށެއް މޮނިޓަރިންގެ ހާލަތަށް މިއަދު ގެނެވުނުއިރު، ޖުމްލަ 22 ރަށެއް މިވަގުތުވެސް މޮނިޓަރިންގެ ހާލަތުގައި އެބައޮތެވެ. މީގެ އިތުރުން "ކާވިޔާ" ބޯޓާއި "އަމާޒު" ބޯޓުވެސް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. ހަމައެއާއެކު ކްލިނިކްތަކާއި ފިހާރަތައް އަދި ގުދަންތައްވެސް ހިމެނޭހެން 34 ތަނެއް މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، 260 އިމާރާތެއްވެސް މޮނިޓަރިންގެ ހާލަތުގައި މިވަގުތު އެބަހުއްޓެވެ.
މިއަދު މިހާތަނަށް ރާއްޖެއިން 12 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 226 އަށް އަރާފައެވެ. މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި 3 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު