ބައެއްގައުމުތަކުގައި އެސްޓްރަރޒެނެކާ ވެކްސިން ބޭނުން ކުރުން ހުއްޓާލިޔަސް އިންޑިޔާގައި އެސްޓްރަރޒެނެކާ ވެކްސިން ބޭނުން ކުރުން ހުއްޓައި ނުލާނޭކަމަށް އިންޑިޔާ ސަރުކާރުން ބުނެފިއެވެ.

އިންޑިޔާގެ ބޭސް އުފައްދާ އެންމެ ބޮޑު ކުންފުނި، ސިރަމް އިންސްޓިޓިއުޓް އިން ކޮވިޝީލްޑުގެ ނަމުގައި އެސްޓްރަރޒެނެކާގެ ވެކްސިން އުފެއްދުން ހުއްޓާ ނުލާނެކަމަށްވެސް އިންޑިޔާ ސަރުކާރުން ބުނެފައިވެއެވެ. މިގޮތުން ވެކްސިން އުފައްދައި ވެކްސިން ދިނުމުގައި ކޮވިޝީލްޑް ބޭނުން ކުރެވޭނެ ކަމަށާއި، އަދި އެގައުމުން އެހީގެ ގޮތުގައި ވެކްސިން ފޯރުކޮށްދިނުމުގައިވެސް މިވެކްސިން ބޭނުންކުރަމުން ދާނޭ ކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.

އިންޑިޔާގެ ސިއްޙީ ވުޒާރާތަކުން ހާމަކޮށްފައިވާގޮތުގައި، ފަހުގެ ރިވިއުތަކަށް ބެލިނަމަވެސް އެސްޓްރަރޒެނެކާ ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަން ޔަގީންވެގެން ދާނެއެވެ. މިގޮތުން ލިބިފައިވާ މަޢުލޫމާތާއި ޑާޓާ ތަކުގެ މައްޗަށް ބިނާކޮށް މިވެކްސިނަކީ ނުރައްކާ ވެކްސިނެއްކަމަށް ނުބެލެވޭ ކަމަށް އިންޑިޔާގެ ސިއްޙީ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެސްޓްރަރޒެނެކާއިން ތައްޔާރުކޮށްފައިވާ ވެކްސިން ބޭނުން ކުރުމުން ލޭގަނޑުވާކަމަށް ބުނެ އެސްޓްރަރޒެނެކާގެ ކޮވިޑް ވެކްސިން ބޭނުން ކުރުން ހުއްޓާލައިފައިވަނީ ޔޫރަޕުގެ ބައެއް ގައުމުތަކުގައެވެ. މިއާއެކު އެސްޓްރަރޒެނެކާއިން ވަނީ އެކުންފުނީގެ ކޮވިޑް ވެކްސިން ރިވިއުކޮށްފައެވެ. 

މިރިވިއުގައި، ޔޫރަޕުގައިވެސް، އިނގިރޭސިވިލާތުގައިވެސް މިވެކްސިން ޖެހި އެއްވެސް ބަޔަކު، ވެކްސިން ޖަހައިގެން ލޭގަނޑުވެ ނުރައްކާތެރި ހާލަތަކަށް ގޮސްފައިނުވާ ކަމަށްވެސް އެސްޓަރަރޒެނެކާއިން ބުނެފައިވެއެވެ. އަދި ވެކްސިނުގެ އެއްވެސް ބެޗެއްގައިވެސް ނުރައްކަލަކަށް ހުށައެޅޭނެ ފަދަ މާއްދާތަކެއް އެކުލެވިގެން ނުވާކަމަށާއި، ވެކްސިނުގެ އެއްބެޗާއި އަނެއްބެޗުގައި އެއްވެސް ތަފާތު ކަމެއް ނުހުންނާނެކަމަށްވެސް އެފަރާތުން ބުނެފައި ވެއެވެ.

އެސްޓްރަޒެނެކާގެ ރިވިއުއާއެކު، ޔޫރަޕިއަން ޔޫނިއަން އަދި ޑަބްލިއު އެޗްއޯއިން ވަނީ ހަމަ ކުރިއެކޭވެސް އެއްފަދައިން އެސްޓްރަރޒެނެކާގެ ކޮވިޑް ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން