އއ. ހިމަންދޫގައި އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު.
އއ. ހިމަންދޫގައި އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު.
އއ. ހިމަންދޫގައި ސްޓެލްކޯއިން އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

4 މެގަވޮޓް ކެޕޭސިޓީ ގާއިމް ކުރެވޭގޮތަށް އިމާރާތްކުރާ މި އިންޖީނުގެއާއި އޮފީސް އިމާރާތް ވެގެންދާނީ ހިމަންދޫގެ މަލަމަތި ބަދަލުކޮށްލާނެ ރީތި ތަފާތު ޒަމާނީ ބިނާއަކަށްކަމަށް ސްޓެލްކޯއިން ބުނެއެވެ.

އެންމެ ޒަމާނީ ފެންވަރަށް އިމާރާތްކުރެވޭނެ މިއާއިންޖީނުގޭގައި ކަސްޓަމަރ ސަރވިސް އިމާރާތެއް ގާއިމު ކުރުމަށް ހަމަޖެހިފައިވާއިރު، މިއިމާރާތުގެ ފުރަތަމަ ފަންގިފިލާ ފަރުމާކޮށްފައިވަނީ މުވައްޒަފުންގެ ހުނަރު އިތުރު ކުރުމަށް އޮންލައިން ކްލާސްތައް ހިންގުމަށާއި، މީޓިންތައް ބޭއްވޭ ގޮތަށެވެ. އަދި ކޮވިޑުން ކުރެވުނު ތަޖުރިބާތަކާއިއެކު، މިއިމާރާތުގެ ދެވަނަ ފަންގިފިލާ އިމާރާތްކުރެވޭނީ ކާރިސާއެއް ކުރިމަތިވާ ހާލަތުގައިވެސް އެހާލަތަކަށް ތައްޔާރުވެ މުވައްޒަފުންނަށް ލޮކްޑައުންވެ ތިބެވޭނެ ގޮތަކަށެވެ.

މީގެއިތުރުން، މިއިންޖީނުގެ ވެގެން ދާނީ އަޑު މަޑު، ތިމާވެއްޓާ ރައްޓެހި ތަނަކަށް ކަމަށް ސްޓެލްކޯއިން މައުލޫމާތު ދީފައިވެއެވެ. މިގޮތުން އިންޖީނުގޭގެ އިމާރާތުގައި ސޯލާޕެނަލް ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއިންޖީނުގެ ވެގެންދާނީ ހިމަންދޫއަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށްވެސް ތަރައްގީގެ މުޅިން އައު ތަފާތު މަންޒަރެއް ފެނިގެންދާނެ އިންޖީނުގެއަކަށްކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

މިއަދު އއ. ހިމަންދޫގައި އޮތް ހާއްސަ ރަސްމިއްޔާތުގައި އާއިންޖީނުގޭގެ ބިންގާ އެޅުމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އަދި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި އާ އިންޖީނުގެއާއިއެކު ހިމަންދޫގެ އުމްރާނީ ތަރައްގީއަށް ކުރިއެރުން ލިބިގެންދާނެކަމަށް ސްޓެލްކޯއިން އުންމީދުކުރާކަމަށް އެކުންފުނިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ނުރަބޯ

19-Mar-2021

ކެކެކެކެ ދެން ހިމަންދޫ މީހުންތިބޭ ވާނުވާގައި.....!!



ޓްރެންޑިން