ރަސްދޫގައި އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު.
ރަސްދޫގައި އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު.
އއ. ރަސްދޫގައި ކުރިއަރަމުން އަންނަ ލޯކަލް ޓުއަރިޒަމާއި، ރަށަށް އަންނަމުންދާ ތަރައްގީއާއި އެއްވަރަށް ޚިދުމަތް ފޯރުކޮށް ދިނުމަށް ސްޓެލްކޯއިން އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ.

5 މެގަވޮޓްގެ މިއާއިންޖީނުގެ އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ، ހިދުމަތަށް ބުރޫ ނާރާގޮތަށް ރަސްދޫގެ މިހާރުގެ އިންޖީނުގެ ހުރިތަނުގައެވެ.

އަދި މިއިންޖީނުގެ ވެގެން ދާނީ އަޑު މަޑު، ތިމާވެއްޓާ ރައްޓެހި އިންޖީނުގެއަކަށް ކަމަށް ސްޓެލްކޯއިން މައުލޫމާތު ދީފައިވެއެވެ. މިގޮތުން އިންޖީނުގޭގެ އިމާރާތުގައި ސޯލާޕެނަލް ހަރުކުރެވޭނެ ކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.

މިއަދު އއ. ރަސްދޫގައި އޮތް ހާއްސަ ރަސްމިއްޔާތުގައި އާއިންޖީނުގޭގެ ބިންގާ އަޅުއްވައިދިނުމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އަދި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް ބައިވެރިވެވަޑައިގެންފައިވެއެވެ.

ސްޓެލްކޯގެ އުމްމީދަކީ މި އާއިންޖީނުގެއާއެކު، ރަސްދޫއަށް ބާރު ދުވެލީގައި އަންނަމުންދާ ތަރައްގީއާއި، ކުރިއަރަމުން އަންނަ ލޯކަލް ޓުއަރިޒަމް ވިޔަފާރިއަށް އިތުރު ތަރައްގީއާއި، ކުރިއެރުން ލިބި، ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން