ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާނަމަ، ސްރީލަންކާއަށް ދަތުރު ކުރާ ފަރާތްތައް ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އުސޫލުތަކަށް ބަދަލު ގެނެސްފިއެވެ.

މިއަދު އާންމުކޮށްފައިވާ މިގަވާއިދުގައި ސްރީލަންކާއަށް ދަތުރުކުރާ އެގައުމުގެ ރައްޔިތުންނާއި، އެގައުމަށް ނިސްބަތްނުވާ އެހެން ގައުމުތަކުގެ މީހުންވެސް ހިމެނެއެވެ.

މިގަވާއިދުގައި ވާގޮތުންނަމަ، ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ޑޯޒް ފުރިހަމަކޮށް ދެހަފްތާކޮށްފައި ސްރީލަންކާއަށް ދަތުކުރާފަރާތްތަކުން ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ. ނަމަވެސް ސްރީލަންކާއަށް އެތެރެވުމަށްފަހު ޕީސީއާރް ޓެސްޓެއް ހަދައި، އޭގެ ނަތީޖާ ލިބެންދެން އެކަހެރިވެ ނުވަތަ ކަރަންޓީނުވެ ހުންނަން ޖެހޭނެއެވެ. އަދި މި ނަތީޖާ ނެގަޓިވްވެއްޖެނަމަ އިތުރަށް ކަރަންޓީނުގައި މަޑުނުކޮށް އެބައެއްގެ މަންޒިލަށް ދެވޭނެއެވެ.

މީގެއިތުރުން، ސްރީލަންކާއަށް އެތެރެވާތާ ހަތްވަނަ ދުވަހު ދެވަނަ ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެކަމަށްވެސް މިގަވާއިދުގައިވެއެވެ.

ވެކްސިން ނުޖަހާ ސްރީލަންކާއަށް ދަތުރުކުރުން ހުއްދަ ނަމަވެސް، ކަރަންޓީނުވުމަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި، ހަތް ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކޮށް ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެއެވެ. އަދި ޕީސީއާރް ޓެސްޓު ނެގަޓިވްވިޔަސް، ހޯމް ކަރަންޓީނުގައި ހުރެ 14 ދުވަސް ފުރިހަމަ ކުރަންޖެހޭނެކަމަށް އާ އުސޫލުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން