ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެސްޓްރަރޒެނެކާ ވެކްސިން ޖެހުން ހުއްޓާލި ގިނަ ގައުމު ތަކުން އެސްޓްރަރޒެނެކާ ވެކްސިން އަލުން ބޭނުންކުރާނެ ކަން އިއުލާންކޮށްފިއެވެ.

ޔޫރަޕުގައި އެސްޓްރަރޒެނެކާ ވެކްސިން ޖެހުން ހުއްޓާލައިފައިވަނީ އެވެކްސިން ޖެހުމުން ލޭގަނޑުވާކަމަށްބުނެއެވެ. ނަމަވެސް އެސްޓްރަރޒެނެކާ، ޑަބްލިއުއެޗްއޯ، އީޔޫ އަދި ބްރިޓިޝް ރެގިއުލޭޓަރސް ވަނީ އެސްޓްރަރޒެނެކާ ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަމަށް ކަނޑައަޅާފައެވެ.

މިއާއެކު ވެކްސިން ޖެހުން ހުއްޓާލި ޔޫރަޕުގެ ގިނަ ގައުމުތަކުން ވަނީ އެސްޓްރަރޒެނެކާ ވެކްސިން އަލުން ބޭނުން ކުރުމަށް އިއުލާންކޮށްފައެވެ.

މިގޮތުން، ޖަރުމަނު އަދި ފްރާންސުން ވަނީ އެސްޓްރަރޒެނެކާ ވެކްސިން އަލުން ބޭނުންކުރާނެކަމަށް މިދިޔަ ބުރާސްފަތިދުވަހު އިއުލާންކޮށްފައެވެ. މީގެއިތުރުން އިޓަލީ، ސައިޕްރަސް، ލަޓްވިއާ، އަދި ލިތުއާނާގެ ސިއްހީ ވުޒާރާތަކުންވެސް މިވެކްސިން ބޭނުންކުރަން ވަރަށް އަވަހަށް ފަށާނެކަމަށް ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން