ފާއިތުވި ހަތް ދުވަސްތެރޭގައި 40 ހާސް ބަސްތާގެ ކާޑު އަތޮޅުތެރެއަށް ފޮނުވާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާއިތުވި ހަތް ދުވަސްތެރޭ ރަށްރަށަށް ކާޑު ގެންދާ އޮޑިފަހަރަށް 40،000 ބަސްތާ ކާޑު އަރުވާފައިވާ ކަމަށާއި، ކޯވިޑް-19 ގެ ދަތިތަކާއި އެކު ރޯދަ މަސް އައުމުން ކާޑުގެ ޑިމާންޑް ބޮޑުވެފައިވާ ކަމަށެވެ.
އަދި ރައްޔިތުންނަށް ބޭނުންވާ ކާޑު ފޯރުކޮށްދިނުމަށް އެސްޓީއޯގެ މުވައްޒަފުން ކޮންމެ ދުވަހަކު ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށް ޢަމްރު ވިދާޅުވިއެވެ.
"މިއަހަރުގެ ރޯދަ މަސް ދިމާވެފައިވަނީ ހާއްސަ ހާލަތެއްގައި ކަމަށްވާތީ ކާޑުގެ ޑިމާންޑް ވަނީ އިތުރުވެފައި. ނަމަވެސް ކާޑުގެ ދަތިކަމެއް ނެތް. މާލެ ސަރަހައްދު ފިހާރަތަކަށް ކާޑު ގުދަނުން ކާޑު ގެންދެވޭނެ." އަމްރު ވިދާޅުވިއެވެ.
މީގެ އިތުރުން އަމްރު ވިދާޅުވީ ރަށް ރަށުގެ ކާޑު ހުރިވަރު ބެލުމަށް ކައުންސިލްތަކާ ގުޅަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 58 ރަށެއްގެ ކައުންސިލާއި ގުޅާފައިވާ ކަމަަށް އަމްރު ވިދާޅުވިއެވެ. އަދި ހުރިހާ ރަށަކަށް ގުޅާ ކާޑުގެ ދަތި ކަމެއް އޮތްނަމަ އެކަން ހައްލުކުރަން މަސައްކަތް ކުރަމުންދާނެ ކަމަށްވެސް އަމްރު ވަނީ ވިދާޅުވެފައެވެ.
އެސްޓީއޯއިން މީގެ ކުރިން ބުނެފައި ވަނީ ރާއްޖެއިން ކާޑުގެ ބާވަތްތަކާއި ބޭހުގެ ބާވަތްތައް ހުސްވެދާނެތީ ރައްޔިތުން ހާސްވާން ނުޖެހޭނެ ކަމަށެވެ. އެންމެ ނުރައްކާތެރި ހާލަތުގައިވެސް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ލިބޭނެ ގޮތް ހެދުމަކީ އެސްޓީއޯގެ އަމާޒު ކަމަށެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތަށް މިހާތަނަށް 560 މިލިއަން ރުފިޔާ ހަރަދުވެފައި ވާއިރު، މީގެތެރެއިން 84 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ 10 މަސް ދުވަހަށް ކާޑު ޔަގީންކުރުމަށް ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ޢަޒީޒް ވަނީ ވިދާޅުވެފައެެވެ.

ކިޔުންތެރިންގެ ހިޔާލު