އެމެރިކާގެ ރައީސް ޖޯ ބައިޑެން.
އެމެރިކާގެ ރައީސް ޖޯ ބައިޑެން.
ސިޑިމައް ވެއްޓިވަޑައިގެންނެވި ފަހުންވެސް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ހާލު ރަނގަޅު ކަމަށް އެމެރިކާގެ ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

ޖޯ ބައިޑެން ވެއްޓިވަޑައިގަތީ ފްލައިޓަށް އަރާވަޑައިގަންނަވަނިކޮށެވެ. މިގޮތުން ރޭގެ ވަގުތެއްގައި އެމެރިކާގެ ގިނަ ނޫސްތަކުން އާންމުކޮށްފައިވާ ވީޑީއޯއިން ޖޯ ބައިޑެން އެއަރފޯސް ވަން އަށް ބޯޑް ކުރުމަށް ފްލައިޓުގެ ސިޑިން އަރާވަޑައިގަންނަވަނިކޮށް ބައިޑެންގެ ފައި ކައްސާލާތަން ފެނިގެންދެއެވެ.

މިގޮތަށް ދެތިން ފަހަރަކު ފައި ކައްސާލާތަން ފެނިގެންދާ މިވީޑިއޯގައި، ތިންވަނަ ފަހަރަށް ބައިޑެން ކައްސާލައިގެން ގޮސް ކަކޫމައްޗަށް ތިރިވާތަން ފެނިގެން ދެއެވެ. ނަމަވެސް ބައިޑަން ވަނީ ތެދުވެވަޑައިގެން ކަކޫ ސާފުކޮށްލެއްވުމަށްފަހު ސިޑިން މައްޗަށް އަރާވަޑައިގެން، އެއަރފޯސްގެ އޮފިސަރުންނަށް ސެލިއުޓްކުރަށްވައި ފްލައިޓްގެ އެތެރެއަށް ވަދެވަޑައިގެންފައެވެ. އަދި މިހާދިސާއަަށް ފަހުވެސް ބައިޑެންގެ ހާލުކޮޅު ވަރަށް ބަރާބަރުކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

އުމުރުފުޅުން 78 އަހަރުގެ ޖޯ ބައިޑެން އަކީ އެމެރިކާގެ 46 ވަނަ ރައީސް އެވެ. ބައިޑެން ރައީސް ކަމުގެ މަގާމުގެ ހުވާ ކުރައްވާފައިވަނީ މިއަހަރު ޖެނުއަރީ މަހުއެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން