ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ 426 ގެއަކަށް ކަދުރު ގެންގޮސްދިނުމަށް ޔޫތް މިނިސްޓްރީގެ ވޮޮލެންޓިއަރުންގެ ޓީމްތަކާއި ހަވާލުކޮށްފި އެވެ.
ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއަށް ރޯދަމާ ދިމާކޮށް ހަދިޔާ ކުރި ކަދުރުތައް ބެހުމުގެ މަސައްކަތް ޔޫތް މިނިސްޓްރީގެ ވޮޮލެންޓިއަރުންގެ ޓީމްތަކާއި ހަވާލުކޮށްފައިވާކަން ހާމަކުރެއްވީ ޔޫތް މިނިސްޓަރ އަޙްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައެވެ.
މާލޭގައި ކަދުރު ބެހުމާއި ގުޅޭގޮތުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުން ދިރިއުޅޭ 426 ގެއަކަށް ކަދުރު ގެންގޮސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަސައްކަތް ޔޫތް މިނިސްޓްރީގެ ވޮލެންޓިއަރުން ކޮށްދެނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އެދިވަޑައިގެންނެވުމަށް ކަމަށް މަހުލޫފު ވިދާޅުވި އެވެ.
ކޯވިޑް-19 އާއި ގުޅިގެން މިއަހަރު ރޯދަ މަހަށް ގައުމުތަކުން ހަދިޔާ ކުރި ކަދުރު ބެހުން ވަނީ ލަސްވެފައި އެވެ. އަދި މުޅި ރާއްޖެ ފުރަ ބަންދުގައި އޮތުމުން އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ ކަދުރު ބެހުމުގައި ފަގީރުންނަށް އިސްކަން ދޭށެވެ.
އެގޮތުން ކޮންމެ ފަގީރެއްގެ ގެއަށް ކަދުރު ޕެކެޓެއް ދިނުމަށް ހަމަޖެހިފައިވާއިރު ބާކީ ހުންނަ ކަދުރު ބަހާނީ އެންމެ އަވަހަށް ބަލާ އަންނަ ފަރާތްތަކަށް އިސްކަން ދީގެންނެވެ. ކަދުރު ބެހުމުގައި ރަށްރަށުގައި ވެސް އަމަލު ކުރާނީ އެގޮތަށެވެ.
ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި 16،209 މީހުން ރަޖިސްޓަރީ ވެފައި ވެ އެވެ. މާލޭގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ 3،300 މީހުންނެވެ.
މިއީ މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނެވެ. މިއަހަރު ކޯވިޑް-19 އާއި ގުޅިގެން ފަގީރުންގެ ދަފްތަރުގައި އަލަށް މީހުން ރަޖިސްޓްރީވުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު