ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި، އިދިކޮޅު ކޯލިޝަނުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ސިޓީއެއް ފޮނުވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ރައީސް ޞާލިޙަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ރައީސް ޔާމީންގެ ހަށިކޮޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި ގެއަށް ބަދަލުކޮށްދެއްވުމަށް އެދޭ ކަމަށެވެ. އަދި އަނިޔާވެރިކަމަށް ފުރުސަތު ނުދެއްވާ އިހުސާންތެރިކަން އިސްކުރެއްވުމަށް ވެސް އެ ސިޓީގައި އެދިފައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ ޖަލުގައި ރައީސް ޔާމީން ހުންނަވަނިކޮށް، އެތަނުގައި ހަމަނުޖެހުން ހިނގުމާއި، ފުލުހުންގެ އޮޕަރޭޝަންތައް ހިންގުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ފާހަގަ ކޮށްފައެވެ. މީގެއިތުރުން ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދާ މި ދަނޑިވަޅުގައި މާފުށީ ޖަލުގައި ވެސް މި ބަލި ފެތުރުމުގެ ބިރު އޮތްކަމާއި އަދި ރަމަޟާން މަހުގެ ރޭތަކާއި ދުވަސްތައް ޔާމީން ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގަތުމަކީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފްގެ މައްސަލަ ކުރިއަށް ނުދާކަން ފާހަގަ ކޮށް، ރައީސް ޔާމީނަށް ގާނޫނީ ގޮތުން ހައްގުވާ ކަފާލާތުގެ ފުރުސަތު ވެސް ނުލިބޭ ކަމަށާއި، ކަން ހިނގާ ގޮތަށް ބަލާއިރު ރައީސް ޔާމީން އާއި އާއިލާ އަށް ސަރުކާރުގެ ފަރާތުން އަނިޔާވެރިވަމުން ދާ ކަމަށް ގަބޫލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ. އަދި ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ވެސް އިދިކޮޅު ކޯލިޝަންގެ ސިޓީގައި ގޮވާލާފައިވެއެވެ.

މީގެއިތުރުން އިދިކޮޅު ކޯލިޝަނުން ވަނީ އެފަދަ ސިޓީއެއް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށްވެސް ފޮނުވާފައެވެ. އެ ސިޓީގައި ފުލުހުން މާފުށީ ޖަލުގެ ގޮޅިތަކުން ގައިދީން ނެރެ ގޮޅިތަކާއި ގައިދީން ބަލާ ފާސްކޮށްފައިވާ ކަމަށް މީޑިއާތަކުން ހާމަކޮށްފައި ވީނަމަވެސް އެކަމުގެ އިތުރު އެއްވެސް ތަފްސީލު ލިބިފައިނުވާ ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން ވަނީ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އައިޝަތު އީނާޝަށް ވެސް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި، ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް ރަނގަޅަށް ބައްލަވައި ދެއްވުމަށް އެދިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


12

މަބުނީ

29-Apr-2020

‎ރޔ ގެ ޝަރީޢަތް ހިންގީ އެންމެންގެ ލޯކުރިމަތީ ބަޔަކު ޤަބޫލުކުރަން ބޭނުން ނުވިޔަސް އިންސާނީ ބުއދިޔަށް ވިސްނޭ ވަރަށް ރޔ ވަނީ ޕަވަރ އެބިއުސްކޮށް ކަޕްޝަނާއި ފަސާދަ އައްމުކޮށް(އޭރުގެނޯރމަލް) ދަޢުލަތް ލޫޓުވުމަށް މަގުފަހިކޮށް އެކަމުގައި އަމިއްލަފުޅަށް ބައިވެރިވަޑައިގެންފައެވެ. ވިދާޅުވަމުން ގެންދެވީ “ފައިސާ ފޮއްޗެއް ލިބިއްޖިޔާ އޭގައި ނުހިފާނީ ކާކު؟ ޙުދު......). އަމަނިކުފާނުގެ އަމިއްލަފުޅު އެކަުންޓަށް ދަޢުލަތުގެ ޚަޒާނާއަށް ވަންނަންޖެހޭ ފައިސާ ވަނީ އެމަނިކްފާނު މިރާއްޖޭގެ ވަލިއްޔުލް އަމުރުގެ މަޤާމުގައި ހުންނަވަނިކޮށެވެ. ޢެފައިސާ ވަންނަކަން އެނގިވަޑައިގަތްނަމަވެސް އިންކާރުކުރެއްވުމެއްނެތި ހުންނެވީ ކިތައްދުވަހުކަން އެއްވެސް ބަޔަކަށް އޮޅިފައެއް ނޯންނާނެއެވެ. ޒުވާނުންނަށް ހިތްވަރުގެންދަވަމުން ގެންދެވީ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ބޭނިންކަމެއް ޙާޞިލުކުރުމަށެވެ. “ބެގް ބޮރޯ އޮރ ސްޓީލް” އޭ ވިދާޅުވެ ޙަރާމެއް ޙަލާލެއް ނުބަލައި ޙާޞިލުކުރުމަށެވެ. މިއީ އޮޕޮޗުނިސްޓިކް ޕޮސިޓިވިސްޓެއްގެ ހުންނާނެ ސިފަތަކެވެ. ”ވައްކަންކުރުމާއި ޒިނޭކުރުން އަދި މަސްތުވާތަކެތި ހުއްދަކަމަށް ޤާނޫނުގަ ލިޔަންވީ، ތަންފީޒުކުރަންކެރޭނެ”އޭ ވިދާޅުވެ ބޭނުންވާ ކޮންމެ ކަމަކަށް ޤާނޫނު ހަދައި ( ސެލެކްޓިވް ޖަސްޓިސް) ހިންގެވިއެވެ. މުޅި ޤާނޫނީ ނިޘާމް ފުނޑާލައި ސިފައިންނާއި ފުލުހުން ލައްވައި ކޯޓުތަކުގެ މަތި ނުނަންގަވާތޯއެވެ؟ ‎ސާބަހެވެ! ދިވެހިންނަށް ސާބަހެވެ! ވައަތަށް ސިނކުޑި ހަރުކޮށްފަހުންނަ މީހުންގެ ވާހަކަ ރ މައުމޫން ވިދާޅުވާތީ އެނހީމެވެ. މީ ހަމަ އެޔެވެ. ބޮލައްފިއްތާލާފަ ދޫކޮށްލީމާ ރެހިވެސް މިހެން ނޫޅެއެވެ. މިއަދު މިތެޅިފޮޅެނީ ރޔ ހިންގެވި ޖަރީމާތަކަކީ ‘އޯކޭ’ ކަންތަކަށް ހަދައި އެއީ ބަތަލެއްކަމަށް ދައްކައި އެކަންތަކަށް ހިތްވަރު ދެނީއެވެ. އަދި ދެވަނަފަހަރަށް ޖަރީމާ ހިންގާނެ ފުރުސަތަކަށް ބަލަނީއެވެ. ދީނާ ޤައުމަށްޓަކާ ޔޯލައެވެ. ދީނުގައި އޮތީ ޢަދުލުވެރި ވާށޭ ނޫންހެއްުޔެވެ؟ އަދި ބުނަން، ބަޔަކު މުންކަރާތްހިންގުމަކީ ތިމާމެން މުންކަރާތް ހިންގަން ލިބޭ ލައިސަންސެއް ނޫނެވެ. ފިރުޢައުނާއި ނަމްރޫދާއި ޙާމާނާއި ޤާރޫނު ވަރެއް ނުވެވޭނެއެވެ. މިފާސިދުން ހިންގި ކަންތައް އޯކޭ އިސްލާމުން ހެއްުޔެވެ؟ މީ ކުޑަކަންތަކަށް ހަދަނީ ހެއްުޔެވެ؟ ދީނޭ ޤައުމޭ ކިޔަން ލަދުނުގަނޭ ހެއްުޔެވެ؟



ޓްރެންޑިން