އެގްރޯ ނެޝަނަލް ކޯޕަރޭޝަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު ދަނޑުވެރިންނަށް ހުޅުވާލައިފި އެވެ.
އަތޮޅު ތެރޭގައި ދަނޑުވެރިން ހައްދާ ތަކެތި ގަނެ އެތަކެތި ވިއްކުމަށް ސަރުކާރުން އުފެއްދި އެގްރޯ ނެޝަނަލް ކޯޕަރޭޝަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަމިއްލަ ގޮތުން ދަނޑުވެރިކަން ކުރާ ފަރާތްތަކަށާއި ކުންފުނިތަކަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މީގެ އިތުރުން ދަނޑުވެރިން އުފައްދާ ތަކެތި ގަންނަން ބޭނުންވާ ވިޔަފާރިވެރިންނަށްވެސް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެ ކޯޕަރޭޝަނުން ބުނީ ތަކެތި ވިއްކަން ބޭނުންވާ ދަނޑުވެރިން އެކަމަށް ކަނޑައަޅާފައިވާ އޮންލައިން ފޯމު ފުރިހަމަ ކުރުމަށް ފަހު އެކަން އެ ރަށެއްގެ ކައުންސިލަށް އެންގުމަށެވެ. އޭރުން އެ މައުލޫމާތު ލޯކަލް ގަވަމަންޓް އޮތޯރިޓީގެ”ވުނަ” މޮޑިއުލް މެދުވެރިކޮށް އެ ކުންފުންޏާއި ހިއްސާ ކުރެވޭނެކަމަށް ބުނެފައި ވެއެވެ.
ދަނޑުވެރިއަކު ވިއްކަން ބޭނުންވާ ތަކެތި މާލެ ފޮނުވިކަން އެ ކުންފުންޏަށް އަންގާނީ އެ ރަަށެއްގެ ކައުންސިލުންނެވެ. އަދި ދަނޑުވެރިޔާ ވިއްކާ ތަކެއްޗަށް ފައިސާ ޖަމާކުރާނީ އެފަރާތެއްގެ އެކައުންޓަށެވެ. މި ފައިސާ ޖަމާކުރުމާއި ތަކެއްޗާއި މާލެއިން ހަވާލުވާނީ އެގްރޯނެޓުންނެވެ.
އެ ކުންފުންޏަށް ތަކެތި ގަތުމަށް ފަހު ކަސްޓަމަރުންނަށް އެ ތަކެތި ވިއްކުމުގައިވެސް އުސޫލުތަކެއް ކަނޑައަޅާފައިވެ އެވެ. އެގްރޯނެޓުން ވިއްކާ ތަކެއްޗާއި އަގުތައް ގަންނަން ބޭނުންވާ ކަސްޓަމަރަށް ފޮނުވާނީ އީމެއިލް މެދުވެރިކޮށެވެ. އޭގެ ތެރެއިން އެ ކަސްޓަމަރަކު ގަންނަ ތަކެތީގެ މައުލޫމާތު އެގްރޯ ނެޓާއި އީމެއިލް މެދުވެރިކޮށް ހިއްސާ ކުރަން ޖެހެއެވެ.
ތަކެތި ޑެލިވަރީ ކޮށްދެނީ އިންޓަނެޓް މެދުވެރިކޮށް ތަކެއްޗަށް ފައިސާ ދެއްކުމުންނެވެ. އެގްރޯނެޓުން ބުނީ ކަސްޓަމަރަށް ޑެލިވަރީ ކޮށްދޭނީ ތަކެތި ރަނގަޅަށް ޕެކް ކުރެވިގެން ކަމަށެވެ.
ދަނޑުވެރިކަން ދިރުވާ އާލާކުރުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުނި އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ މަސައްކަތް ފެށިފައިވާކަން އެ ކުންފުނިން އިޢުލާނު ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު