ކޮވިޑުން ރައްކާތެރިވުމަށް ރަޝިޔާއިން ތައްޔާރުކޮށްފައިވާ ސްޕަކްނިކްވީ ވެކްސިން އިންޑިޔާގައި އުފެއްދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމާއިގުޅިގެން ރަޝިޔާގެ ޑިރެކްޓް އިންވެސްޓްމެންޓް ފަންޑް (އާރްޑީއައިއެފް) އިން ނެރެފައިފާ ނޫސްބަޔާނެއްގައި، އިންޑިޔާގެ ވަރޗޯ ގްރޫޕާއި ގުޅިގެން ކޮންމެ އަހަރަކު ސްޕަޓްނިކްވީގެ 200 މިލިއަން ޑޯޒު އިންޑިޔާގައި އުފެއްދުމަށް ހަމަޖެހިފައިވާކަން ބަޔާންކޮށްފައިވެއެވެ. އަދި މިއީ މިވެކްސިން އިންޑިޔާގައި އުފައްދާ ޕާޓްނަރ ގައުމުތަކަށްވެސް މިވެކްސިން ފޯރުކޮށްދިނުމަށްޓަކައި ވެވޭ އެއްބަސްވުމެއްކަމަށް ވެއެވެ.

މިއެއްބަސްވުމުގެ ދަށުން އިންޑިޔާގެ ވަރޗޯ ގްރޫޕްގެ ވަރޗޯ ބައޯޓެކް އިން މިއަހަރު މެދެއްހާ ހިސާބުގައި ސްޕަޓްނިކް އުފައްދަން ފަށާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެއިތުރުން އާރްޑީއައިއެފް އިން ވަނީ 200 މިލިއަން ޑޯޒުގެ ސްޕަޓްނިކްވީ އުފެއްދުމަށް އިންޑިޔާގެ ސްޓެލިސް ބަޔޯފާމާ ކުންފުންޏާއެކު އެއްބަސްވެފައިވާ ކަމަށް މިދިޔަ ހަފްތާގައި އިއުލާންކޮށްފައެވެ.

އާރްޑީއައިއެފް އިން ބުނާގޮތުންނަމަ 92 އިންސައްތައާއި ހަމައަށް ރައްކާތެރިކަން ލިއްބައިދޭ ރަޝިޔާގެ ސްޕަޓްނިކްވީ ވެކްސިނަކީ 54 ގައުމަކުން ހުއްދަލިބިފައިވާ ވެކްސިނެކެވެ.

މިއެއްބަސްވުމާއެކު އިންޑިޔާގައި އުފައްދަމުންދާ ބޭރުގެ އެހެންގައުމަކުން ތައްޔާރުކޮށްފައިވާ ކޮވިޑް ވެކްސިންތަކުގެ ތެރޭގައި ކޮވިޝީލްޑުގެ ނަމުގައި އުފައްދަމުންދާ އޮކްސްފޯޑް އަދި އެސްޓްރަރޒެނެކާގެ ވެކްސިނުގެ އިތުރުން ރަޝިޔާގެ ސްޕަޓްނިކްވީވެސް ހިމެނޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން