ކޮވިޑުން ރައްކާތެރިވުމަށް އޮކްސްފޯޑް އަދި އެސްޓްރަރޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަމަށް އެމެރިކާގައި ކުރި ދިރާސާއަކުން ދައްކައިފިއެވެ.

މިވެކްސިނުގެ ރައްކާތެރިކަމާއި ބެހޭގޮތުން ކުރެވުނު މިދިރާސާގައި 32،000 މީހުން ބައިވެރިވެފައިވެއެވެ. އެމެރިކާއިން ކުރި މިދިރާސާތަކުގައި ޗިލީ އަދި ޕެރޫ އިންވެސް ވަނީ ބައިވެރިވެފައެވެ.

މިގޮތުން އެސްޓްރަރޒެނެކާ ވެކްސިނުން އަލާމާތްތައް ފެނި ކޮވިޑު ބަލިޖެހުމުން ރައްކާތެރިވާމިންވަރު 79 އިންސައްތައަށް އަރާކަން މިދިރާސާއިން ދައްކާފައިވެއެވެ. އަދި ކޮވިޑު ބަލީގައި ހާލުބޮޑުވުމާއި، ފުރާނައަށް ނުރައްކާ ވުމުން ރައްކާތެރިވާމިންވަރު ސައްތަ އިންސައްތައަށް އަރާކަން ފަހުގެ މިދިރާސާއިން ދައްކާފައިވެއެވެ.

މީގެއިތުރުން މިވެކްސިނާއި ލޭގަނޑުވުމާއި ގުޅުމެއް ނެތްކަމަށްވެސްވެ އެމެރިކާގެ މި ދިރާސާއިން ކަށަވަރުވެއެވެ.

މިދިރާސާގެ ނަތީޖާ އާންމުކުރުމުގެ ކުރިން، އެސްޓްރަރޒެނެކާ އާއި ގުޅިގެން އެމެރިކާގެ ދެ ޔުނިވަރސިޓީއަކުން ވަނީ މިދިރާސާއިން ލިބުނު ނަތީޖާ ރަނގަޅަށް ބަލައި އެހެން ދިރާސާތަކާވެސް އަޅާކިޔާފައެވެ. އަދި މިކާމިޔާބު ނަތީޖާ މެދުވެރިކޮށް ވެކްސިނުގެ ރައްކާތެރިކަން ޔަގީންކޮށްދެވޭނެކަމަށް އެސްޓަރަރޒެނެކާއިން ވަނީ ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން