ޓްވިޓަރގެ ސީއީއޯ، ޖެކް ޑޯސޭ ކުރި އެންމެ ފުރަތަމަ ޓްވީޓް 2.9 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.
މިގޮތުން 2006 ވަނަ އަހަރުގެ މަރޗް 22 ވަނަ ދުވަހު ޑޯސޭ ކޮށްފައިވާ ޓްވީޓް ވިއްކާލަން އިއުލާންކޮށްފައިވަނީ މިމަހު 6 ވަނަ ދުވަހުއެވެ. ޑޯސޭ ވަނީ ބިޑް އުސޫލުން އެންމެ ބޮޑު އަދަދެއް ހުށައެޅި މީހަކަށް އޭނާގެ އެންމެ ފުރަތަމަ ޓްވީޓް ވިއްކާލަައިފައެވެ.
ޓްވީޓް ވިއްކާލައިގެން ލިބުނު 2.9 މިލިއަނެއްހާ ޑޮލަތު ބިޓްކޮއިން އަށް ބަދަލު ކުރުމަށްފަހު އެފްރިކާގެ ފަގީރު މީހުންނަށް އެހީތެރިވުމަށް ބޭނުން ކުރުމަށް ޑޯސޭ ވަނީ ނިންމާފައެވެ.
ޑޯސޭގެ ޓްވީޓް ގަތުމަށް ގިނަ ބަޔަކު ހުށައެޅިނަމަވެސް، އެންމެ ބޮޑު އަދަދެއް ދީގެން މިޓްވީޓް ގަނެފައިވަނީ ބްރިޖް އޮރަކަލް ކުންފުނީގެ ސީއީއޯ ސިނާ އެސްޓަވީއެވެ. ސިނާ ބުނާގޮތުންނަމަ މިއީ ހަމައެކަނި ޓްވީޓެއް ނޫނެވެ، މިޓްވީޓުގެ އަގު ފެންނާނީ މީގެ އަހަރު ތަކެއް ފަހުންނެވެ.
ޑޯސޭގެ ޓްވީޓް ވިއްކާލިނަމަވެސް އެޓްވީޓަށް އެއްވެސް ބަދަލެއް ގެނަސް އަދި އެ ޓްވީޓް ޑިލީޓް ކޮށްލާފައެއްވެސް ނުވެއެވެ. އަދި މިޓްވީޓް ކިތަންމެ ބޮޑު އަގެއްގައި ވިކުނަސް އެ ޓްވީޓް ގައި މާ ޚާއްސަ މެސެޖެއްވެސް ހިމެނިފައެއް ނުވެއެވެ.
- 2.9 މިލިއަން ޑޮލަރަށް ވިއްކާލި ޓްވިޓަރގެ ސީއީއޯ، ޖެކް ޑޯސޭ ކުރި އެންމެ ފުރަތަމަ ޓްވީޓް.

just setting up my twttr
— jack (@jack) March 21, 2006
- 2.9 މިލިއަން ޑޮލަރަށް ވިއްކާލި ޓްވިޓަރގެ ސީއީއޯ، ޖެކް ޑޯސޭ ކުރި އެންމެ ފުރަތަމަ ޓްވީޓް.
ކިޔުންތެރިންގެ ހިޔާލު