ބޮޑުވަޒީރު މޯދީއާއި ރައީސް ޞާލިޙް
ބޮޑުވަޒީރު މޯދީއާއި ރައީސް ޞާލިޙް
ދިވެހި ރާއްޖެއިން އިންޑިއާއާއެކު ހަދާފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު އިންޑިއާއިން ރާއްޖެއަށް ދީފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖެއަށް ދިމާވެދާނެ މާލީ އަދި އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް އެހީއެއްގެ ގޮތުން ދެގައުމުގެ ދެމެދުގައި އެއްބަސްވެފައިވާ ކަރަންސީ ސްވޮޕް ނުވަތަ ފައިސާ ބަދަލުކުރުމުގެ އެއްބަސްވުން އެކްޓިވޭޓް ކޮށްފައިވާ ކަމަށެވެ.

މިގޮތުން، 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސޮއި ކުރެވުނު 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން، 150 މިލިއަން ޑޮލަރުގެ ބޭރު ފައިސާގެ ސްވޮޕް ފެސިލިޓީއެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހަވާލު ކުރެވޭނެ ކަމަށް ހައިކޮމިޝަނުން ބުނެއެވެ.

މިކަމާ ގުޅިގެން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ، 400 މިލިއަން ޑޮލަރުގެ މި ސްވޮޕް އެއްބަސްވުމަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ސޮއި ކުރެއްވި އިގްތިސާދީ ޕެކޭޖުގެ ބައެއް ކަމަށެވެ. އަދި މި އުނދަގޫ ވަގުތުގައި މިކަން ކޮށްދެއްވި ކަމަށްޓަކައި ބޮޑުވަޒީރު މޯދީ އަށް ޝާހިދު ވަނީ ޝުކުރުއަދާކުރަށްވާފައެވެ.

ރައީސް ޞާލިޙްގެ އިންޑިއާ ދަތުރުފުޅުގައި އިންޑިއާ އާއި، ރާއްޖެއާ ދެމެދު އެއްބަސް ވެފައިވާ 1.4 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ އެހީތެރިކަމުގެ ޕެކޭޖްގެ ދަށުން ލިބިދޭ އެހީތަކުގެ ތެރޭގައި ސީދާ ބަޖެޓް ސަޕޯޓުގެ ގޮތުގައި 50 މިލިއަން ޑޮލަރުގެ އެހީ 2019 ވަނަ އަހަރު ވަނީ ފޯރުކޮށްދީވެއެވެ. އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އެމް.އެމް.އޭ އަށް 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑްގެ ސަބްސްކްރިޕްޝަން 2019 ވަނަ އަހަރު ފޯރުކޮށްދީފައިވެއެވެ.

މީގެއިތުރުން ދިވެހި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކަށް ފަންޑުކުރުމަށްޓަކައި 80 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދޫކުރެވިފައިވާއިރު، މި ލައިން އޮފް ކްރެޑިޓްގެ ދަށުން މިހާތަނަށް ބޮޑު 8 މަޝްރޫއެއް ހިންގާފައިވާކަމަށް މައުލޫމާތު ލިވިފައިވެއެވެ. އަދި މި އެއްބަސް ވުމުގައި ހިމެނޭ ގިނަ މަޝްރޫޢުތަކެއް އެކި ފިޔަވަހީގައި ކުރިއަށް ދާ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-11

YX

02-May-2020

Just want to say your article is as amazing. The clearness for your post is simply excellent and i could think you are knowledgeable in this subject. Well with your permission let me to snatch your feed to stay updated with imminent post. Thank you one million and please keep up the enjoyable work. https://uricasino114.com


8

RD

04-May-2020

Just want to say your article is as amazing. The clearness for your post is simply excellent and i could think you are knowledgeable in this subject. Well with your permission let me to snatch your feed to stay updated with imminent post. Thank you one million and please keep up the enjoyable work. https://uricasino114.com



ޓްރެންޑިން