ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއިން 19 ދަރަޖަ މައްޗަށް ޖެހިފައިވާތީ އެކަމަށް އެމެރިކާއިން މަރުޙަބާ ކިޔައިފިއެވެ.

ދެހާސް އަށާރަވަނަ އަހަރު ނޫސްވެރިކަމުގެ މިނިވަންކަމުގައި ދުނިޔޭގެ 120 ވަނައިގައި ރާއްޖެ އޮތުމަށްފަހު، މިއަހަރު 79 ވަނަ އަށް މައްޗަށް ޖެހިފައިވާތީ، އެކަން ފާހަގަކުރައްވައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓަކާއި ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއިން ހޯދި ކާމިޔާބީއަށް މަރުޙަބާ ކިޔާ ކަމަށެވެ. އަދި ސައުތް ސެންޓަރަލް އޭޝިއާގެ ހުރިހާ ގައުމުތަކަކުންވެސް ރައްޔިތުންނަށް ބޭނުންވާ ސައްހަ ޚަބަރާ މައުލޫމާތު އަދި ޑޭޓާ ލިބޭނެ އިންތިޒާމްތައް ކަށަވަރުކުރުމަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ގޮވާލާފައެވެ

ގިނަ އަހަރުތަކެއް ވަންދެން ރާއްޖޭގެ ނޫސްވެރިކަމަށް މިފަދަ އިންޑެކްސް އަކުން ކުރިއެރުމެއް ނުލިބި އޮތުމަށްފަހު ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް މިދިޔަ އަހަރު މިވަނީ ލިބިފައެވެ. މިދިޔަ އަހަރާއި ޖެހެންދެން ރާއްޖެއޮތީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ އިންޑެކްސްގައި 180 ވަނައިގައެވެ. ނަމަވެސް މިިދިޔަ އަހަރު ރާއްޖެ 98ވަނަ އަށް އެރިއެވެ.

ދެހާސް އަށާރަވަނަ އަހަރުން ފެށިގެން ރާއްޖެއިން އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ މިންގަނޑުގައި ކުރިއެރުންތައް ހޯދަމުންނެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެ ވަނީ 22 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ. އަދި މިއަހަރު މިވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްއަކީ ޤައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު އަންގައިދިނުމަށް ކޮންމެ އަހަރަކު ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ނެރޭ އިންޑެކްސްއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން