ނަރުދޫ
ނަރުދޫ
ށ. ނަރުދޫން އިތުރު 6 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މި އެންމެންނަކީ ވެސް އަމާޒު ބޯޓުގެ ކެޕްޓަނާއި، ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުންނެވެ.

މީގެ ތެރޭގައި ހިމެނެނީ އަމާޒް ބޯޓުގެ ކެޕްޓަންގެ އަނބިމީހާއާއި، ދެ އަންހެން ދަރިންނާއި، ފިރިހެން ދަރިފުޅުގެ އިތުރުން ބޯޓުގެ ދެ ކްރޫން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ނަރުދޫގެ އަމާޒު ބޯޓުގެ ކައްޕި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އޭނާ މާލެއިން ރަށަށް ދިޔަ ފަހުންނެވެ. އަމާޒު ބޯޓުގެ ކެޕްޓަން (ކޭސް133) އަކީ އުމުރުން 49 އަހަރުގެ ނަރުދޫއަށް ނިސްބަތްވާ މީހެކެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރެޝަން ސެންޓަރުން ބުނެފައިވަނީ އަމާޒު ބޯޓުގެ ކައްޕިއާ ސީދާ ދިމާވި، 101 މީހަކު ދެނެގަނެފައިވާ ކަމަށެވެ.

އޭނާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މާލެ ލޮކްޑައުނަށް ދިޔުމުގެ ކުރިން އެ ބޯޓު ވަނީ މާލެއިން ފުރައިގެން ގޮސްފައެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު އުތުރުގެ ބައެއް ރަށްތަކަށް ދަތުރު ކުރި އެ ބޯޓުގައި، 98 މީހަކު ދަތުރުކުރިކަން އެންއީއޯސީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އަދި އެ ބޯޓުން ދަތުރު ކުރި މީހުން އެޗްޕީއޭ އަށް ރިޕޯޓުކުރުމަށްވެސް ވަނީ އެދިފައެވެ.

އަމާޒު ބޯޓުގެ ކްރޫއާއި ދަތުރު ކުރި މީހުންނާއެކު މިހާތަނަށް 101 މީހަކު ވަނީ މީގެކުރީން ދެނެގަނެވިފައެވެ. އޭގެތެރެއިން ހަ މީހެއްގެ ގައިން އަލާމާތްތައް ފެންނަ ކަމަށް ކުރީންވެސް ވަނީ ބުނެފައެވެ.

އެ ކޭސް އާ ގުޅިގެން ސެކަންޑަރީ ކޮންޓެކްޓް ކޭސްތަކުގެ އަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން