އިންޑިޔާގައި ކޮވިޑުގެ ތިންވޭރިއަންޓް ފެނިއްޖެއެވެ.

އިންޑިޔާއިން ފެނިފައިވަނީ، އިނގިރޭސިވިލާތުން ފެނުނު ކޮވިޑުގެ ވޭރިއަންޓާއި، ދެކުނު އެފްރިކާއިން ފެނުނު ކޮވިޑުގެ ވޭރިއަންޓާއި، ބްރެޒިލްއިން ފެނުނު ކޮވިޑުގެ ވޭރިއަންޓެވެ. މިވޭރިއަންޓްތައް ފެނިފައިވަނީ އިންޑިޔާގެ 18 ސްޓޭޓަކުން ނެގުނު 10،000 އަށްވުރެ ގިނަ ސާމްޕަލްތަކުންނެވެ.

މިގޮތުން މިހާތަނަށް 736 މީހަކު އިނގިރޭސިވިލާތުން ފެނުނު ކޮވިޑުގެ ވޭރިއަންޓަށް ޕޮޒިޓިވްވެފައިވާއިރު، 34 މީހަކު ވަނީ ދެކުނު އެފްރިކާއިން ފެނުނު ކޮވިޑުގެ ވޭރިއަންޓަށް ޕޮޒިޓިވްވެފައެވެ. އަދި އެކަކު ވަނީ ބްރެޒިލްގެ ވޭރިއަންޓަށް ޕޮޒިޓިވްވެފައެވެ.

ނަމަވެސް އިންޑިޔާގައި މިހާރު ގިނަވަމުންދާ ކޮވިޑުގެ ކޭސްތަކާއި ކޮވިޑުގެ ވޭރިއަންޓްތަކާއި ގުޅުމެއް ނުވާކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.

އިންޑިޔާގެ އެންމެ ފަހުގެ ތަފާސް ހިސާބަށްބަލާއިރު، މިދިޔަ 24 ގަޑިއިރުތެރޭގައި 47،262 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މިއީ މިއަހަރު ތެރޭގައި ދުވާލެެއްގެ މައްޗަށް ރިޕޯޓު ކުރެވުނު އެންމެ ގިނަ ޕޮޒިޓިވް ކޭސްގެ އަދަދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން