އިންޑިޔާއިން ކޮވިޝީލްޑްގެ ނަމުގައި އުފައްދަމުން ގެންދާ އެސްޓްރަރޒެނެކާ ވެކްސިން، އެގައުމުން އެކްސްޕޯޓު ކުރުން ވަގުތީގޮތުން މެނދުކަނޑާލައިފިކަމަށް އިންޑިޔާގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިއީ އިންޑިޔާގައި ކޮވިޑް ޖެހޭ މީހުން ގިނަވެ، މިބަލިން ރައްކާތެރިވުމަށް އެގައުމުގައި ވެކްސިނައް އޮތް ޑިމާންޑް އިތުރުވާނޭ ކަމަށް ބަލައި، އެޑިމާންޑާއި އެއްވަރަށް އިންޑިޔާގައި ވެކްސިން ފޯރުކޮށްދިނުމަށް އިސްކަމެއް ދިނުމަށް އެޅުނު ވަގުތީ ފިޔަވަޅެކެވެ. މިއީ ވަގުތީ ފިޔަވަޅެއް ކަމުގައިވިނަމަވެސް، ކުރިއަށް އޮތް އޭޕްރިލް މަހުވެސް މިކަމުގެ އަސަރު ދެމިގެން ދިއުން އެކަށީގެންވާކަން އެގައުމުގެ ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

އަދި މިވަގުތީ ފިޔަވަޅާއިއެކު، ޑަބްލިއުއެޗްއޯއިން ހިލޭ ވެކްސިން ފޯރުކޮށްދިނުމުގައިވެސް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް، ކަމާ ބެހޭ މާހިރުން ވަނީ ލަފާކޮށްފައެވެ.

އިންޑިޔާއިން ވަނީ 76 ގައުމަކަށް 60 މިލިއަން ވެކްސިން ޑޯޒް މިހާތަނަށް ފޯރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން