ޔޫރޮޕިއަން ކޮމިޝަނުގެ ރައީސާ އުރްސުލާ ވޮން ޑަރ ލެޔެން.
ޔޫރޮޕިއަން ކޮމިޝަނުގެ ރައީސާ އުރްސުލާ ވޮން ޑަރ ލެޔެން.
ކޮވިޑުން ރައްކާތެރިވުމަށް އެސްޓްރަޒެނެކާއިން ތައްޔާރުކޮށްފައިވާ ވެކްސިން ފޯރުކޮށްދިނުން އަވަސްކޮށްދިނުމަށް އީޔޫ އިން ގޮވާލައިފިއެވެ.

މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޔޫރަޕިއަން ކޮމިޝަނުގެ ރައީސާ އުރްސުލާ ވޮން ޑަރ ލެޔެން ވިދާޅުވެފައިވަނީ، އީޔޫގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްްދިނުމަށް ހެދިފައިވާ އެއްބަސްވުމުގެ ދަށުން އެހެން ބަޔަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ކުރިން އީޔޫގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭން އެސްޓްރަޒެނެކާއިން އިސްކަން ޖެހޭނެ ކަމަށެވެ. މިގޮތުން އެކުންފުންޏާއެކު ވެވިފައިވާ އެއްބަސްވުމަށް އިހުތިރާމް ކުރަން ޖެހޭނެކަމަށް ވިދާޅުވެ ވެކްސިން ފޯރުކޮށްދިނުން އަވަސްކޮށްދިނުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.

ޔޫރަޕުގެ ގިނަ ގައުމުތަކުގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފަށާފައިވިނަމަވެސް، ޔޫރަޕުގެ ގައުމުތަކާއި އެސްޓްރަރޒެނެކާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ލިބެންވާވަރަށް ވެކްސިން ނުލިބުމުގެ ސަބަބުން ވެކްސިން ޖެހުން ވަރަށް ބޮޑަށް ލަސްވެފައިވާކަން އީޔޫގެ ލީޑަރުން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، ވެކްސިން ބޭނުންވާވަރަށް ނުލިބޭކަމަށްބުނެ އީޔޫއިން ވަނީ އެސަރަހައްދުގައި ވެކްސިން އުފައްދާ ފަރާތްތަކުން، އީޔޫއިން ބޭރު ގައުމުތަކަށް ވެކްސިން އެކްސްޕޯޓު ކުރުމަށްވެސް މީގެ ކުރިން ވަނީ ހުރަސް އަޅާފައެވެ. މިކަމާއި ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި އިނގިރޭސިވިލާތުގެ އިތުރުން ބައެއް ގައުމުތަކުން ވަނީ އީޔޫ އަށް ފާޑުކިޔައި މިކަން ހުއްޓުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން