މާޝާ މިދުހަތު   26 މާރިޗު 2021 - 13:37
ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވާ ގްރީސްގެ ރިސޯޓް.
ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވާ ގްރީސްގެ ރިސޯޓް.
ނެދަލޭންޑްސްގެ ޓްރެވެލް އޭޖެންސީއަކުން 200 މީހަކަށް ހިލޭ ޗުއްޓީއެއް ދޭން ނިންމައިފިއެވެ.

މިއީ ކޮވިޑާ ގުޅިގެން ފަތުރުވެރިކަމަށް އައި މަޑުޖެހުމާއެކު، ކޮވިޑުގެ ހާލަތުން މުޅިން އަރައިނުގަނެވުނަސް ފަތުރުވެރިކަން ދެމެހެއްޓޭނެތޯ ބެލުމަށް ދިރާސާއެއް ކުރުމަށް ހިންގޭ ޕްރޮޖެކްޓެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިގޮތުން ހޮވާލެވޭ 200 ފަރާތަކަށް ގްރީސްގެ އޯލް އިންކްލޫސިވް ރިސޯޓެއްގައި 8 ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްލަން ލިބޭނެއެވެ.

ނަމަވެސް، މިޗުއްޓީގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކުން ރިސޯޓަށް ދިއުމަށްފަހު، ޗުއްޓީ ނިމެންދެން ރިސޯޓުން ބޭރުނުވެވޭނެ ކަމަށާއި، ޗުއްޓީ ނިންމާފައި އަނބުރާ ނެދަލޭންޑްސް އަށް ދިއުމަށްފަހު 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ޝަރުތު ކޮށްފައިވެއެވެ.

އަދި މިޗުއްޓީގައި ބައިވެރިވުމަށް ހޮވޭ ހުރިހާ ފަރާތްތަކެއްގެ ހުރިހާ ހަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ މިކަން ރާވާ ހިންގާ ޓްރެވެލް އޭޖެންސީންނެވެ. މީގެ ތެރޭގައި ގްރީސް ދެކޮޅު ޓިކެޓާއި، ރިސޯޓުގެ ހުރުމާއި، ކެއިން ބުއިމާއި، ފުރުމުގެ ކުރިން ހަދަން ޖެހޭ ކޮވިޑު ޓެސްޓާއި، އަދި ކޮވިޑުގެ އަލާމާތެއް ފެނިގެން ގްރީސްގައި ކަރަންޓީނު ވާންޖެހިއްޖެނަމަ ހިނގާނެ ހަރަދުވެސް ހިމެނެއެވެ.

ނެދަލޭންޑްސް ސަރުކާރުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދެވޭ މިޗުއްޓީގައި ބައިވެރިވުމަށް މިހާތަނަށް 25،000 މީހުން ވަނީ ނަންނޯޓު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން