ދުނިޔޭގައި ފެތުރެމުންދާ ކޮވިޑުގެ ބަލިމަޑުކަން ނިމި، "ބެކް ޓު ނޯމަލް" އަށް ދެވޭނީ ނުވަތަ އާންމު ހާލަތަކަށް ބަދަލުވާނީ 2022 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށް އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ބިލިއަނަރ ބިލް ގޭޓްސް ލަފާކުރަށްވައިފިއެވެ.
މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ބިލް ގޭޓްސް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހައިގެން މެނުވީ މިބަލި ކޮންޓްރޯލް ކުރެވެން ނެތްއިރު، ތަރައްގީވަމުން އަންނަ ގައުމުތަކަށް ވެކްސިން ލިބުމުގައި ލަސް ވުމާއިއެކު، މިބަލިން މުޅިން ރައްކާތެރިވެ އާންމު ހާލަތަކަށް ދިއުމަށް ވަގުތު ނަގާނެ ކަމަށެވެ. މިއާއެކު، މިބަލިން މުޅިން ރައްކާތެރިވެ އާންމު ހާލަތަކަށް ދެވޭނީ 2022 ވަނަ އަހަރު ފަހުކޮޅުގައި ކަމަށް ގޭޓްސް ވިދާޅުވިއެވެ.
މީގެ އަހަރު ތަކެއް ކުރިންވެސް ބިލް ގޭޓްސް ވަނީ މިދުވަސްވަރު ދުނިޔޭގައި ބަލިމަޑުކަމެއް ފެތުރިގެން ދާނެކަމަށް އިންޒާރު ދީފައެވެ.
މިގޮތުން، އެބޯލާ ބަލިމަޑުކަމަށްފަހު، ނުރައްކާތެރި ބަލިމަޑުކަމަކަށް މުޅި ދުނިޔެ ތައްޔާރު ނުވެ އޮވެއްޖެނަމަ ހީނުކުރާ މިންވަރަށް ނުރައްކާތެރިވެދާނެ ފަދަ ބަލިމަޑުކަމެއް ފެތުރިގެން ދާނެކަމަށް 2015 ވަނަ އަހަރު ބިލް ގޭޓްސް ވަނީ އިންޒާރު ދީފައެވެ. މިއާއެކު، 2019 ވަނަ އަހަރު ވުޖޫދައް އައި ކޮރޯނާ ވައިރަސް މުޅި ދުނިޔެއަށް ފެތުރި، ބަލިމަޑުކަމުގެ ނުރައްކާތެރިކަން އިތުރުވުމުން، މިއީ ބިލް ގޭޓްސް ކުރިން ލަފާކޮށް އިންޒާރުދިން ބަލިމަޑުކަމުގެ ވާހަކަކަން ގިނަ ބަޔަކު ވަނީ ގަބޫލުވެސްކޮށްފައެވެ. އޭނާ ވަނީ މިފަދަ ބަލިމަޑުކަމަކަށް ގައުމު ތަކުގެ ސިއްހީ ނިޒާމު ތައްޔާރުވެފައި ނުވާ ކަމުގެ ކަންބޮޑުވުން ވެސް އޭރު ފާހަގަ ކުރަށްވާފައެވެ.
ނަމަވެސް 2015 ވަނަ އަހަރުގެ ޓެޑް ޓޯކްސް ގައި ވާހަކަ ދައްކަވަމުން ނުރައްކާތެރި ބަލިމަޑުކަމެއްގެ އިންޒާރު ބިލް ގޭޓްސް ދީފައިވަނީ އެބޯލާ ވައިރަސް ފެތުރިގެން ދިޔައިރު ދުނިޔޭގެ ގައުމުތަކުން މިފަދަ ބައްޔަކުން ރައްކާތެރިވުމަށް ތައްޔާރުވެފައިވާ މިންވަރު ވަރަށް ދަށް ކަމަށް ރިއާޔަތްކޮށެވެ.
ކޮވިޑުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ބިލް ގޭޓްސް ވަނީ 1.75 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު