ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ.
ކޯވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވަނީ މުއްދަތެއްނެތް ގޮތަށް ފަސްކޮށްފައެވެ. މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާނީ، މިއަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހަށެވެ.
މިކަމަށް ގާނޫނީ ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ގެ ނަމުގައި މަޖިލީހަށް ބިލެއް ހުށައަޅާފައެވެ. މި ބިލު ހުށަހެޅުއްވީ، ތުޅާދޫ ދައިރާ މެމްބަރު ހިސާން ހުސައިންނެވެ. މި ބިލް މަޖިލީހަށް ބަލައިގަތުމަށް 60 މެންބަރުން ވޯޓު ދެއްވި އިރު ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ބިލް ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ މި ބިލަށް ދެ މާއްދާއެއް އިތުރުކޮށްފަ އެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބާއި އެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބް ވެސް ބާއްވަން ޖެހޭނެ ކަމަށް ބިލަށް ވަނީ އިތުރުކޮށްފަ އެވެ.
ދެވަނަ އަށް ބިލަށް އިތުރުކޮށްފައިވަނީ، ލޯކަލް ކައުންސިލް އިންތިހާބް 2020 ފަސްކުރުމާއި ގުޅިގެން ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރެޖިސްޓްރީއާއި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ އެޑްރެސް ބަޔާންކޮށްފައިވާ، އެމީހަކު ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ވޯޓުލުމަށް ރެޖިސްޓްރީ ކުރުމާއި ވޯޓު ފޮށީގެ އަދަދާއި ވޯޓު ފޮއްޓަށް ވޯޓުލާ މީހުންގެ އަދަދާއި ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަލުން ކުރަން ޖެހޭނެ ކަމަށެވެ.
މި ބިލަކީ، އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ހާލަތެއް ނެތް ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ނޫނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވޭ ގޮތައް ހެދުމަށް ހުށަހަޅާފައިވާ ބިލެކެވެ.
އެޓާނީ ޖެނަރަލްގެ އޮފީހުން ފަރުމާކުރި މި ބިލުގައި ބުނާގޮތުން، ބިލް ފާސްވެ އަމަލުކުރަން ފެށުމާއި އެކު އަންނަ މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިންތިހާބު ފަސްކުރެވުނީ އެވެ. އަދި އިންތިހާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ.
ބިލުގައިވާ ގޮތުގައި، އަންނަ އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވާ ނިންމަން ވާނެ އެވެ.
މީގެ އިތުރުން އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވަނީ ހުށައަޅުއްވާފައެވެ.
ނަމަވެސް މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ދެކޮޅު ހެއްދެވުމުން ގާނޫނު އަސާސީ އިސްލާހު ނުކޮށް ވަގުތީ ގާނޫނެއް ގެނަސްގެން އެ ކަން ކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވެސް މަޖިލީހަށް ބިލެއް ހުށަހެޅުއްވި އެވެ. އެ ބިލު އޮތީ އިބްތިދާއީ ބަހުސްގެ މަރުހަލާގައެވެ.

ކިޔުންތެރިންގެ ހިޔާލު