އިންޑިޔާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ، ސަޗިން ޓެންޑުލްކަރް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.



ސަޗިން ވަނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން ޓްވިޓާގައި އާންމުކޮށްފައެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުމާއިއެކު ގޭގައި ކަރަންޓީނު ވެފައިވާކަމާއި ހާލު ރަނގަޅުކަމަށް އޭނާ ވަނީ ބުނެފައެވެ. ސަޗިން ކޮވިޑަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެނުމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އުމުރުން 47 އަހަރުގެ ސަޗިން އަކީ އިންޑިޔާގެ ގައުމީ ކްރިކެޓަރ ޓީމުގެ ކުރީގެ ކެޕްޓަނެވެ.

އިންޑިޔާގައި މިފަހަކުން ވަނީ ކޮވިޑް ކޭސް ތައް އިތުރުވެ، ދުވާލެއްގެ މައްޗަށް މިބައްޔަށް ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދުތައް އިތުރުވެފައެވެ. މިގޮތުން މިދިޔަ ހުކުރު ދުވަހު އެކަނިވެސް 59،118 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ މިއަހަރު ދުވާލެއްގެ މައްޗަށް މިބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހުގެ ގޮތުގައި ވަނީ ރިކޯޑް ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން