ސުއޭޒް ކެނަލުގައި ތާށިވެފައި އޮތް އެވަރގްރީން ނަމަކަށް ކިއުނު ޓަގު ބޯޓު.
ސުއޭޒް ކެނަލުގައި ތާށިވެފައި އޮތް އެވަރގްރީން ނަމަކަށް ކިއުނު ޓަގު ބޯޓު.
ސުއޭޒް ކެނަލުގައި ތާށިވެފައި އޮތް އެވަރގްރީން, އާގުބޯޓު ދެ އިންޗިއަށް ގުޑާލައިފިކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ސުއޭޒް ކެނަލުގައި ތާށިވި، 1312 ފޫޓުގެ، 200،000 މެޓްރިކް ޓަނުގެ އެވަރގްރީން ބޯޓު ތާށިވެފައިވަނީ ސުއޭޒް ކެނަލުގެ އެންމެ ހަނި ސަރަހައްދުގައެވެ. މި ބޯޓު ތާށިވި ކަމަށް ލަފާކޮށްފައިވަނީ ވައިގަދަވުމާއެކު އެސަރަހައްދަށް ކުރިމަތިވި ވެލީގެ ތޫފާނަކާއި ހެދިއެވެ.

އެވަރގްރީން ސުއޭޒް ކެނަލުގައި ތާށިވުމާއިއެކު، 300 އެއްހާ އާގުބޯޓަށް އެސަރަހައްދުން ދަތުރުނުކުރެވި މަޑު ޖެހިފައިވާކަމަށް ވެއެވެ.

އެވަރގްރީން ސަލާމަތް ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް 20،000 ޓަނުގެ ވެލި ވަނީ ބޯޓު ތާށިވެފައިވާ ސަރަހައްދުން ކޮނެ ނަގާފައެވެ. އަދި އެވަރގްރީން ގުޑާލާތޯ ބޯޓު ކޮއްޕައިހެދުމަށް 14 ޓަގު ބޯޓު ހަރަކާތްތެރިވަމުން ދެއެވެ. ނަމަވެސް މޫސުން ގޯސްވެ ގަދަވަޔާއިއެކު މާބޮޑު ކާމިޔާބީއެއް ނުލިބުނު ކަމުގައިވިޔަސް 30 ޑިގްރީ މިންވަރަށް ދެފަރާތުން ގުޑާލައި، ދެއިންޗި މިންވަރަށް ދުރަށް ޖެހިލައިފިކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.

އެވަރގްރީން ގުޑާލުމާއިއެކު އޭގެ ފަހަތުގައި އެސަރަހައްދުން ދަތުރު ނުކުރެވި އޮތް ބޯޓުފަހަރު ވަނީ އަޑުގަދަ ކުރާތަކުން ބާރަށް ގޮވައި ކާމިޔާބީ ފާހަގަކޮށްފައެވެ.

މިއާއެކު މިބޯޓު ތާށިކަން ފިލައި ދިއުމަށް މާގިނައިރެއްދެން ނުނަގާނެކަމަށް ސުއޭޒް ކެނަލް އޮތޯރިޓީގެ ޗެއަރމަން ޖެނެރަލް އޮސާމާ ވަނީ ވިދާޅުވެފައެވެ. އަދި ބޯޓު ލުއިކުރުމަށް ބޯޓުގައި ހުރި މުދާ ބޭލުމަށް ކުރިން ނިންމާފައި އޮތް ނަމަވެސް އެކަން މިހާރު ކުރަން ނުޖެހޭނެކަމަށްވެސް ޖެނެރަލް އޮސާމާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން