މާލެއަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަ ކުރައްވާ މުޙައްމަދު ނިމާލް
މާލެއަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަ ކުރައްވާ މުޙައްމަދު ނިމާލް
މާލެއަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ އެ ގޮނޑިއަކީ ޚިދުމަތުގެ ގޮނޑިއަކަށް ހައްދަވައި ސަގާފަތް ބަދަލުކުރައްވާނެ ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ފަރާތުން މާލެއަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަ ކުރައްވާ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ނިމާލް ވިދާޅުވީ، މާލެ އަތޮޅު ކައުންސިލްގެ ގޮނޑިއަކީ ޖާހަތާއި ޝާނާއި ޝައުކަތުގެ ގޮނޑިއެއް ނޫން ކަމަށާއި އިންތިޚާބުވެވަޑައިގެންފިނަމަ އެ ގޮނޑިއަކީ ޚިދުމަތުގެ ގޮނޑި އަކަށް ހައްދަވާނެ ކަމަށެވެ. އޭނާ ކައުންސިލްގެ ރައީސްގެ މަގާމަށް ވަޑައިގަންނަވަނީ އެ ސަގާފަތް މުޅިން ބަދަލުކޮށްލުމަށް ކަމަށް ނިމާލް ވިދާޅުވިއެވެ.

"މާޔޫސްވެފައިވާ ހިތްތަށް އުއްމީދު އާކުރައްވާ، އަޅުގަނޑުގެ ބަގީޗާގައި އަސުރުމާ ފޮޅޭ ފަދައިން ގުލްޗަމްޕާ މަލާއި ކުލަޔަކަށް ނިސްބަތްނުވާ މާވެސް ފޮޅޭނެ" އިންތިޚާބުވެއްޖެނަމަ ވަކި ފިކުރަކަށް ކުލަޔަކަށް ނުބަލައި ޚިދުމަތް ދެއްވާނެކަން ހާމަކޮށްދެއްވަމުން ނިމާލް ވިދާޅުވިއެވެ.

މީގެ އިތުރުން ނިމާލު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އެޕާޓީގެ މެމްބަރުންނާއި ރައްޔިތުންނަށް ލިބުނު ހިތްދަތިކަމާއި މާޔޫސްކަމާއި މެދު ދެރަވާ ކަމަށާއި އެކަންކަމުން އަރައިގަތުމަށް އޭނާ އާއެކު ކުރިއަށް ވަޑައިގަތުމަށް ނިމާލް ވަނީ މާލެ އަތޮޅު ރައްޔިތުންނަށް ގޮވާލައްވާފައެވެ.



"އަޅުގަނޑާއެކު ހިންގަވާ، ތަރައްގީ، ތަހުޒީބު، އިޚުލާސްތެރިކަން، އޯގާތެރިކަން ނޫން އެހެން އެއްވެސް ކަމެއް އަޅުގަނޑުގެ ނެތް." ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ކަމުގައި ހުންނަވައިގެން ނަތީޖާ ނެރެ ދެއްކެވި ނިމާލް ވިދާޅުވިއެވެ.



ފެނަކައިގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވައިގެން ނިމާލު ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ޕީޕީއެމުން އޭނާ ސިފަކުރަނީ “ޓުވެންޓީ ފޯ އަވާޒް މޭން” ގެ ގޮތުގައެވެ. ނިމާލަކީ ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި އެމަނިކުފާނު އެންމެ އިތުބާރު ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ރައީސް ޔާމީންގެ “24 ގަޑިއިރު ކަރަންޓު ޚިދުމަތް ޔަގީން” ކޮށްދިނުމުގެ ސިޔާސަތުގެ މޭސްތިރިއެއްގެ ގޮތުގައި ހުންނަވައިގެން ރަށްރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ހިންގި މަޝްރޫޢުތައް ކާމިޔާބު ކަމާއެކު ހިންގެވުމުގައި އެންމެ އިސްދައުރެއް އަދާކުރެވި އެއްބޭފުޅަކީވެސް ނިމާލެވެ.

މިހާރު އިދިކޮޅު ކޯލިޝަނުން ހިންގާ އިސްލާހީ ހަރަކާތްތަކުގައިވެސް ނިމާލު ގެންދަވަނީ ވަރަށް އިސްދައުރެއް އަދާކުރަށްވަމުންނެވެ. އެގޮތުން މަގުމަތީގެ ހަރަކާތް ތަކުގައި ފުލުހުންގެ ހައްޔަރަށް ގެންދިޔަ ނަމަވެސް އަޒުމަކަށް، ހިތްވަރަކަށް ވެސް ބަދަލު ނައިސް ކޮންމެ ދުވަހަކުވެސް އެންމެ ކުރީ ސަފުގައި ހުންނަވާ އެއްބޭޅަކީ ވެސް ނިމާލެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން