ޕާކިސްތާނުގެ ރައީސް، ޑރ. އާރިފް އަލްވީ.
ޕާކިސްތާނުގެ ރައީސް، ޑރ. އާރިފް އަލްވީ.
ޕާކިސްތާނުގެ ރައީސް، ޑރ. އާރިފް އަލްވީ ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އަލްވީ ކޮވިޑަށް ޕޮޒިޓިވްވިކަން އިއުލާންކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ޕޮޒިޓިވްވިކަން ހާމަކުރަމުން ކޮށްފައިވާ ޓްވީޓުގައި އެމަނިކުފާނު ކޮވިޑް ވެކްސިން ޖެއްސެވި ވާހަކަވެސް ލިޔުއްވާފައިވެއެވެ.

"ކޮވިޑު ވެކްސިނުގެ ފުރަތަމަ ޑޯޒު ޖަހައިފިން. ނަމަވެސް ހަށިގަނޑުގައި އެންޓިބޮޑީ އުފެދެން ފަށާނީ ވެކްސިނުގެ ދެވަނަ ޑޯޒު ޖަހައިގެން، އަދި ދެވަނަ ޑޯޒު ޖެހެން އަންނަނީ ހަފްތާއެއްހާ ދުވަސް ފަހުން." ޑރ. އާރިފް އަލްވީގެ ޓްވީޓް ގައި ލިޔުއްވާފައިވެއެވެ.

މިޓްވީޓާއެކު ޕާކިސްތާނުގެ ރައީސް ވަނީ އަދިވެސް ރައްކާތެރިވެ ތިބުމަށް ޕާކިސްތާނުގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

ޑރ. އާރިފް އަލްވީ ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު އަނބިކަނބަލުން ސަމީނާ އަލްވީވެސް ކޮވިޑް ޓެސްޓެެއް ހައްދަވައި، ޓެސްޓު ނަތީޖާ ނެގަޓިވްވިނަމަވެސް އެކަހެރިވެ ކަރަންޓީނުވެ ވަޑައިގެންފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޕާކިސްތާނުގެ ރައީސް، ޑރ. އާރިފް އަލްވީ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އިއުލާންކޮށްފައިވާއިރު، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، އެގައުމުގެ ބޮޑުވަޒީރު، އިމްރާން ޚާން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އިއުލާންކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން