ޞިއްޙީ ޚިދުމަތްދޭ ތަންތަން އަލުން ރަޖިސްޓަރކޮށް ލައިސަންސް ދޫކުރުމަށް މިނިސްޓްރީ އޮފް ހެލްތުން ހުޅުވާލާއިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ސިއްހީ ހިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވައިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 180 ދުވަހުގެ ތެރޭގައި، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީވުމަށާއި، ލައިސަންސް ހޯދުމަށް އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެހެންކަމުން އެގަވައިދުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ސިއްހީ ހިދުމަތްދޭ ތަންތަނަށް، ގާނޫނުގެ ދަށުން ދޭންޖެހޭ ރަޖިސްޓްރޭޝަން އަދި ލައިސަންސް ހޯދުމަށްޓަކައި 31 މެއި 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށާއި، އެ ގާނޫނުގެ ދަށުން ދޭންޖެހޭ ރަޖިސްޓްރޭޝަނާއި ލައިސަންސް ދިނުމަށް ހުށަހެޅުމަށްފަހު، އެތަނެއް ރަޖިސްޓަރކޮށް ލައިސަންސް ދޫކުރުމަށް 30 ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށް މިނިސްޓްރީގެ އިޢުލާނުގައި ވެއެވެ.
މިނިސްޓްރީން ބުނީ، ސިއްހީ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށް ބޭނުންވާ ފޯމް ހެލްތު މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށެވެ. އަދި އިތުރު މަޢުލޫމާތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިވިޜަނަށް ފޯނަށް ގުޅުއްވައިގެން ސާފު ކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު