ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމަށް ކުންފުނިތަކާ ހަވާލުކޮށްފައި ވަނީ ބިޑް ނުކޮށް ކަމަށާއި، އެގޮތަށް އެކަން ނިންމީ ވަރަށް އަވަހަށް ވެންޓިލޭޓަރުތައް ބޭނުންވާތީ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ވެންޓިލޭޓަރުތަކެއް އެތެރެކުރުމަށްޓަކައި އެއްވެސް ފަރާތަކަށް ބިޑްކުރެވިފައިވާނަމަ އެކަމުގެ ތަފްސީލު ދެއްވުމަށާއި އެކަމާ ގުޅޭ އެހެން މައުލޫމާތުތައް ސާފުކުރުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައެވެ.
އެ ސުވާލުގެ ޖަވާބުދެއްވައި މިނިސްޓަރު އަމީން މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ރާއްޖެއަށް 200 ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް، ހާއްސަ ކަމެއްގެ ގޮތުގައި ކުރުމަށް ޕޮލިސީ ކޮމިޓީން ނިންމާފައި ވަނީ މާޗު މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
އަދިި އެ ނިންމުމާއެކު ވެންޓިލޭޓަރ ހޯދުމުގެ މަސައްކަތްތައް ފަށައި، ގުޅުންހުރި މައުލޫމާތުތައް އެއްކޮށް ސްޕެސިފިކޭޝަން ތައްޔާރުކޮށް މާޗު 18 ވަނަ ދުވަހު ވެންޓިލޭޓަރު ހޯދުމަށް ދިވެހި ތިން ކުންފުންޏަކުން އީމެއިލް މެދުވެރިކޮށް މިނިސްޓްރީން ކޯޓޭޝަން ހޯދި ކަމަށެވެ.
މިނިސްޓަރ އަމީން ވިދާޅުވީ އެ ކުންފުނިތަކަކީ ވޭތުވެދިޔަ ތަނުގައި މިނިސްޓްރީއަށް މެޑިކަލް އިންސްޓްރޫމަންޓްސް އަދި މެޝިނަރީޒް ސަޕްލައިކޮށްދެމުންދިޔަ މިނިސްޓްރީއަށް އިތުބާރު ހިފޭ ކުންފުނިތަކުގެ ތެރެއިން ވެންޓިލޭޓަރ ގެނެވިދާނެ ކަމަށް މިނިސްޓްރީއަށް ފެނުނު ތިން ކުންފުނި ކަމަށެވެ.
"މި ތިން ކުންފުނިން ފޮނުވާފައިވާ ކޯޓޭޝަންތަކާއި ސްޕެސިފިކޭޝަންތައް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ބެލުމަށްފަހު، އެއީ ރަނގަޅު ތަކެތި ކަމަށް ފެންނާތީ އަދި މިތަކެއްޗަކީ ވަރަށް އަވަހަށް ހޯދަންޖެހޭ ތަކެތި ކަމަށް ވާތީ ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ދަށުން ދެ ކުންފުންޏަކާ ވަނީ ތަކެތި ގެނައުމަށް، 19 މާޗު ގައި ހަވާލުކުރެވިފައެވެ." މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އެގޮތުން 26 ވެންޓިލޭޓަރު ގެނައުމަށް ނާޑު ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 8.3 މިލިއަން ރުފިޔާއަށެވެ. ފަންސާސް އައިސީޔޫ ވެންޓިލޭޓަރު ގެނައުމަށް މެޑް ޓެކް ކުންފުންޏާ ހަވާލުކޮށްފައިވާއިރު އެކުންފުނިން 50 ވެންޓިލޭތަރ ގެނަސްދެނީ 14.4 މިލިއަން ރުފިޔާއަށެވެ. މީގެއިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ މެދުވެރިވެގެން 75 ވެންޓިލޭޓަރެއް ގެންނަން ވަނީ ނިންމާފައެވެ. މިމަސައްކަތް 34 މިލިއަން ރުފިޔާއަށް، ހަވާލުކޮށްފައިވަނީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެވެ.
މިނިސްޓަރ ވިދާޅުވީ، ދަތުރުފަތުރުގެ ތަކެތި ސަޕްލައިކޮށްދިނުމުގައި ލަސްތަކެއް ވާނެކަމަށް ކުންފުނިތަކުން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.
އެގޮތުން ލަސްވުމަށް ދިމާވި ސަބަބުތަކުގެ ތެރޭގައި ވެންޓިލޭޓަރު އުފައްދާ ގައުމުތައް ލޮކްޑައުން ކޮށްފައިވުމާ އަދި އެފަދަ ގައުމުތަކުން ވެންޓިލޭޓަރ ހޯދުމުގެ ދަތިކަން ހުރުމާ އަދި އެ ތަކެތި އުފައްދާ ކުންފުނިތަކުގެ މަސައްކަތްތަކަށް ވެސް ހުރަސްތަކެއް ކުރިމަތިވެފައި ވުމާ އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވެސް ވެންޓިލޭޓަރު ބޭނުންވެފައިިވާ މިންވަރު އިންތިހާއަށް ބޮޑުވެފައިވުން ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
މިނިސްޓަރގެ ސިޓީގައި، ވެންޓިލޭޓަރުތަކަށް އެ ކުންފުނިތަކުން އަގު ދައްކާފައިވާ ކަމަށާއި ނަމަވެސް މެނުފެކްޗަރާ އަތުން ވެންޓިލޭޓަރު ލިބުމާއި ސަޕްލައިކުރުމުގައި ދަތިތަކެއް ހުރުމުން އެކަމުގެ މައުލޫމާތު މިނިސްޓްރީއަށް ފޯރުކޮށްދިނުމުން، މިނިސްޓްރީން ކުންފުނިތަކާ ބައްދަލުކޮށް އަވަސް ގޮތެއްގައި ސަޕްލައި ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ އޮޅުންފިލުވާފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި އެކަންކަން ހައްލުކުރުމަށް ކުންފުނިތަކުން އެދުނު ލިޔުންތައް މިނިސްޓްރީން ފޯރުކޮށްދީފައިވާ ކަމަށް ވެސް އަމީން ވިދާޅުވެފައި ވެއެވެ.
ޑަބްލިއުއެޗްއޯ މެދުވެރިކޮށް ވެންޓިލޭޓަރު ގެނައުން ދުބާއީ ކުންފުންޏާ ހަވާލުކުރީ ވެސް ދިވެހި ދެ ކުންފުންޏާ ހަވާލުކޮށްފައިވާ ވެންޓިލޭޓަރުތައް ސަޕްލައި ކުރުމުގައި ލަސްވާނެތީ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އޭޕްރީލް މަހުގެ ދެވަނަ ދުވަހު ވެންޓިލޭޓަރު ގެނައުމަށް އެ ކުންފުންޏާ ވެސް ހަވާލުކޮށްފައި ވަނީ، ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ތެރެއިން ނުވަތަ ބީލަމަށް ހުޅުވާނުލައެވެ.
ވެންޓިލޭޓަރު ސަޕްލައިކޮށްދެވޭނެ ކަމަށް ކުންފުުނިތަކުން ދީފައިިވާ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ މެޑްޓެކް މޯލްޑިވްސް އާ ހަވާލުކޮށްފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރު މޭ މަހުގެ ފުރަތަމަ ދުވަހު ރާއްޖެ ގެނެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.
އެކުންފުންޏާ ހަވާލުކޮށްފައިިވާ ވެންޓިލޭޓަރުުތަކުގެ ތެރެއިން 10 ވެންޓިލޭޓަރު 15 މެއި ގައި ރާއްޖެ ގެނެވޭނެ ކަމަށާއި ބާކީހުރި ވެންޓިލޭޓަރުތައް ގެނެވޭނެ ދުވަަސް ކަށަވަރުވުމުން މިނިސްޓްރީއާ ހިއްސާކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
މީގެ އިތުރުން ނާޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ 20 ވެންޓިލޭޓަރ އުފައްދަން ހަވާލުކުރި ކުންފުނިން، އުފެއްދުން ލަސްވާތީ އިތުރު ގޮތްތަކެއް ހޯދަމުން ދާކަމަށް އޭޕްރީލް 22 ވަނަ ދުވަހު މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ވެސް މިނިސްޓަރގެ ސިޓީގައި ވެއެވެ.
މީގެއިތުރުން އެގްސެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގެނައުމަށް ހަމަޖައްސާފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު ވެސް މޭ މަހުގެ ފުރަތަމަ ދުވަހު ރާއްޖެ އަންނާނެ ކަމަށް އަންގާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއީ ކޯޓޭޝަން ހޯދިއިރުު ކުންފުނިތަކަށް އުންމީދުކުރެވިފައިވާ ގޮތެއް ނޫން ކަމަށް ވެސް ކުންފުނިތަކުން އަންގާފައިވާ ކަމަށެވެ.
ސަރުކާރުން ބުނެފައިވަނީ މިވަގުތު ރާއްޖޭގައި ހުރީ 97 ވެންޓިލޭޓަރ ކަމަށާއި، ސަރުކާރުގެ އަމާޒަކީ އެ ޢަދަދު 200 އަށް ބަދަލުކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު